ހަބަރު

ރޯވި ދޯނިން ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

Aug 10, 2020

ލ. ގަމު ކައިރީން އަލިފާން ރޯވެ އަޑިއަށް ދޯނިން ގެއްލުނު ބިދޭސީ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ސިފައިންނަށް އެ މިހާ ފެނުނީ ކަނޑުގެ 48 މީޓަރު އަޑީގައި އޮއްވާ އެވެ. އޭނާ ނެގި އިރުވެސް އޮތީ މަރުވެފަ އެވެ.

ދޯނީގައި ރޯވެ އަޑިއަށް ދިޔައީ ގަމު ތުނޑިއާ ދިމާއިންނެވެ. އެ ދޯނިން 10 މީހުން ދަތުރުކުރި ކަމަށް ދޯނީގެ ކެޕްޓަނާ ހަވާލާދީ އެމްއެންޑީއެފުން ބުންޏެވެ. "ވިންދު" ނަމަކަށް ކިޔާ އެ ދޯންޏަކީ ކާގޯ އުފުލާ ދޯންޏެކެވެ. އެ ދޯނީގައި ރޯވިއިރު ތިބީ ދިވެއްސަކާއި ނުވަ ބިދޭސީންނެވެ.

އަލިފާން ރޯވުމުގެ ސަބަބުން ދޯނީގައިވާ ގިނަ މުދާތައް ވެސް ވަނީ އަނދައިގެން ގޮސްފައެވެ. އަދި ދޯނީގެ ބޮޑުބައެއް ވެސް ވަނީ އަނދާފަ އެވެ.