ހަބަރު

މާޅެންދޫ ކައިރިން ބޭރުގެ މަސްބޯޓެއް ފެނިއްޖެ

ދިވެހި ކޯސްޓުގާޑުގެ އުޅަނދެއް: ބޭރުގެ މަސްބޯޓެއް ފެނި ހަރަކާތްތެރިވާން ފަށާފައިވަ ކަމަށް މިއަދު ބުނި
0%
0%
0%

ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ މަސްބޯޓެއް ނ. މާޅެންދޫ ބޭރުން ފެނިގެން އެމްއެންޑީއެފްގެ ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފި އެވެ. މިފަހަރު ވެސް ބޭރުގެ މަސްބޯޓެއް ފެނިގެން ރިޕޯޓު ކޮށްފައި ވަނީ މަހަށް ނުކުމެ އުޅުނު ދިވެހި މަސްދޯންޏަކުންނެވެ.

ގައުމީ ދިފާއީ ބާރުން މިއަދު ބުނީ، މާޅެންދޫ ކައިރިން ބޭރުގެ މަސް ބޯޓެއް ފެނިގެން ރިޕޯޓެއް ލިބުމުން އެ ސަރަހައްދުގައި މިހާރު ކޯސްޓްގާޑް ހަރަކާތްތެރިވަމުން ގެންދާ ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮން ގައުމެއްގެ މަސްބޯޓެއްކަން އަދި ސާފު ނުވެފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

މީގެ ކުރިންވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަން އުޅޭ އެކި ގައުމުތަކުގެ މަސްބޯޓުތައް ވަނީ އަތުލައިގެންފަ އެވެ. އިންޑިއާގެ އެހީއާއެކު ދިވެހި ކޯސްޓްގާޑުގެ ސިފައިން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓާ ކަމަށް ބުނި ނަމަވެސް ގަވައިދާ ހިލާފަށް ވަދެ މަސްވެރިކަން ކުރާ ސްރީލަންކާ އާއި އިންޑިއާގެ މަސްބޯޓުތައް ހޯދައި ސިފައިންނަށް ރިޕޯޓް ކުރަނީ ދިވެހި މަސްވެރިންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345