ހަބަރު

މާބައިދޫ ބަނދަރުގެ އާ ނެރު ހަދައިފި

ލ. މާބައިދޫ ބަނދަރުގެ އާ ނެރު ހެދުމުގެ މަޝްރޫއު ނިންމައިފި އެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީިސީ އާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއުގެ މަސައްކަތް ނިންމާފައިވަނީ މި މަހު 18 ގަ އެވެ. އެމްޓީސީސީ އާ މި ޕްރޮޖެކްޓު ހަވާލު ކުރީ މިދިޔަ އަހަރުު އޯގަސްޓު މަހު އެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ދަށުން ކުރީގައި ކަނޑާފައި އިން ނެރު ބަންދު ކޮށް އާ ނެރެއް ކެނޑި އެވެ. އަދި، 17،503 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކޮށް، 253 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލާފައިވެ އެވެ. މީގެ އިތުރުން، 83 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހާ މަގުބައްތިވެސް ޖަހާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

22.4 މިލިއަން ރުފިޔާ އަށް ކުރިއަށްގެންދިޔަ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މި އަހަރު ޖެނުއަރީގަ އެވެ.