ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ޓޫރިޒަމް މުވައްޒަފުންގެ އާމްދަނީއިން މަހަކު 1.7 މިލިއަން ޑޮލަރު ގެއްލޭ: ދިރާސާ

ކޮވިޑް-19 އާ ގުޅިގެން، ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އާމްދަނީ މަހަކު 1.7 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 30 މިލިއަން ރުފިޔާ) ގެއްލިގެންދާ ކަމަށް ދިރާސާ އަކުން ދައްކައިފި އެވެ.

ޔޫއެންޑީޕީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ހެދި ދިރާސާ އިން ދެއްކި ގޮތުގައި މިހާރު އެންމެ ބޮޑަށް ގެއްލުންވަމުން ދަނީ މަސްވެރިންނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށެވެ. މި ދިރާސާ އިން ދެއްކި ގޮތުގައި މި ވަޒީފާތަކަށް ވަގުތުން ވަގުތަށް އަދި ވަރަށް ފުޅާ ދާއިރާއެއްގައި ވަނީ އަސަރުކޮށްފަ އެވެ. މި ހާލަތުގެ ސަބަބުން އެންމެ ފުރަތަމަ ލޮޅުން އަރާފައިވަނީ ޓޫރިޒަމް ސިނާއަތަށެވެ. އެގޮތުން ޓޫރިޒަމް ސިނާއަތުގެ މުވައްޒަފުންގެ 24،000 މީހުންގެ ވަޒީފާގެ ޔަގީންކަން ވަނީ ގެއްލިފަ އެވެ.

ޖޮބް ސެންޓަރަށް ހުށަހެޅި ވަޒީފާގެ މައްސަލަތަކުގެ ދެބައިކުޅަ އެއްބައަށްވުރެ ގިނަ ޝަކުވާއަކީ 30 އަހަރަށްވުރެ ހަގު މީހުންނާ ގުޅުންހުރި ޝަކުވާ ތަކެވެ.

މި ދިރާސާ އިން ދެއްކި ގޮތުގައި ވަޒީފާތަކަށް އަސަރު ކުރުން މައިގަނޑު ގޮތެއްގައި ފެންނަން ހުރީ ރިޑަންޑެންސީ އާއި ވަޒީފާ ނުލިބޭ ގޮތަށް ޗުއްޓީއަށް ފޮނުވުމާއި ނުވަތަ މުސާރަ ކުޑަ ކުރުން ގޮތުގަ އެވެ. މިގޮތުން މުސާރަ އާއި އާމްދަނީއެއްކޮށް ހުއްޓިފައިވަނީ 44 ޕަސެންޓް މީހުންނެވެ. އަދި މުސާރަ ނުލިބޭ ގޮތަށް 24 ޕަސެންޓް މީހުން ވަނީ ޗުއްޓީއަށް ފޮނުވާލާފަ އެވެ. އަދި 32 ޕަސެންޓް މީހުން ވަނީ މުސާރަ ކުޑަކޮށްފަ އެވެ.

މި ދިރާސާ އިން ދެއްކި ގޮތުގައި އިގްތިސޯދުގެ ހުރިހާ ދާއިރާއަކުން ރިޕޯޓްކޮށްފައިވާ ކޭސްތަކުގެ ތެރެއިން 68 ޕަސެންޓް މީހުންގެ އާމްދަނީއެއްކޮށް ހުއްޓިފައިވެ އެވެ. އަދި 38 ޕަސެންޓް މީހުންގެ އާމްދަނީ ހުއްޓުނު ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

ދިރާސާ އިން ދެއްކި ގޮތުގައި މި އަހަރުގެ އެޕްރީލް މަހާއި ޖޫން މަހު ދަށް މުސާރައެއް ލިބުނު މީހުންނަށް ކޮވިޑް-19 ގެ ކުރިން ލިބެނުން ދިޔަ ވަަރަށްވުރެ އާމްދަނީ 70 ޕަސެންޓް ދަށްވެފައިވެ އެވެ.