ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ތިނަދޫއާ ކުޅުދުއްފުށި މޮނިޓަރިންއަށް

ގދ. އަތޮޅު ތިނަދޫ އާއި ހދ. ކުޅުދުއްފުށި މޮނިޓަރިން އަށް ލައިފި އެވެ.

ކޮވިޑް-19 ގެ ކޭހަކާ ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ތިނަަދޫ މޮނިޓަރިން އަށް ގެންގޮސްފައިވާކަން އެ ރަށު ކައުންސިލަށް އެންގީ މިއަދު އެވެ. ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭ އިން ވަކިގޮތެއް އަންގަންދެން އަރާ ފޭބުން ވަނީ މަނާކޮށްފަ އެވެ.

ތިނަދޫ ކައުންސިލުން ބުނީ އެ ރަށް މޮނިޓަރިން އަށް ގެންގޮސްފައި ވަނީ ކޮވިޑްގެ ކޭހެއް ފެނިގެން ކަމަށެވެ. އެމީހާ އަކީ ތިނަދޫން މާލެއަށް ދަތުރު ކުރާ ބޯޓެއްގެ ދިވެހި ފަޅުވެރިއެއް ކަމަށާއި 68 އަހަރުގެ އެ މީހާގެ އިތުރު މައުލުމާތު ސާފު ކުރަމުން ގެންދާ ކަމަށެވެ.

ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރު ވިދާޅުވީ ކޮވިޑްގެ އަލާމާތްތައް ފެނި އެމީހާ ހޮސްޕިޓަލަށް ދިއުމުން ކޮވިޑަށް ޓެސްޓު ކުރުމުން ޕޮޒިޓިވްވެފައިވާ ކަމަށާއި އެ މީހާއާ ކޮންޓެކްޓުވީ މީހުން އެކަހެރިކުރުމުގެ މަސައްކަތް ކުރާ ކަމަށެވެ.

ކުޅުދުއްފުށި މޮނިޓަރިން އަށް ގެންދިޔައީ އެ ސިޓީގެ ރީޖަނަލް ހޮސްޕިޓަލުން މާލެއަށް ގެނައި ބަލި މީހަކު ޓެސްޓު ކުރުމުން އޭނާ ޕޮޒިޓިވްވުމާ ގުޅިގެންނެވެ. ކުޅުދުއްފުށީގައި އެމީހާ އާ ކޮންޓެކްޓުވީ މީހުންގެ ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް ވެސް ފަށާފައި ވެ އެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވަމުން ދާއިރު ގިނަ ރަށްރަށުން ކޮވިޑް ޖެހޭ މީހުން ދަނީ ފެންނަމުންނެވެ.