ސިނާއީ ރަށް ތިލަފުށީގެ ބޭރުން ކަނޑުމަތީގައި މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ އެވެ.
ފުލުހުން މަރުވެފައިވާ މީހެއްގެ ހަށިގަނޑު އެ ސަރަހައްދުގެ ކަނޑުމަތީގައި އޮތް ކަމަށް މިއަދު ހެނދުނު 8:30 އެހާކަންހާއިރު ފުލުހަށް ރިޕޯޓްކޮށްފައިވާ ކަމަށާއި ފުލުސް އިދާރާގެ ތަހުގީގު ޓީމެއް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މަރުވެފައި އޮއްވާ ފެނުނު އެ މީހާއާ ބެހޭ އެއްވެސް އިތުރު މައުލޫމާތެއް އަދި ސާފެއް ނުވެއެވެ.