ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރަޖިސްޓްރީ ނުކޮށް ކާބޯތަކެތި ވިއްކާނަމަ ފިޔަވަޅު އަޅަނީ

ހުއްދަތައް ނުނަގާ ގަވާއިދާ ހިލާފަށް ރަޖިސްޓްރީ ނުކޮށް ވިޔަފާރި އުސޫލުން ކާބޯތަކެތީގެ ހިދުމަތްދޭނަމަ ފިޔަވަޅު އަޅަން އެޗްޕީއޭ އިން ނިންމައިފި އެވެ.

އެޗްޕީއޭ އިން މިއަދު ބަޔާނެއް ނެރެ ބުނީ، ރަޖިސްޓްރީ ނުކުރާ ބަދިގެ ފަދަ ތަންތަނުގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކުމާއި ފިހާރަތަކާއި ގޭގޭގައިި ކާބޯތަކެތީގެ ބާވަތްތަކާއި ދުންފަތުގެ ބާވަތްތައް އޮންލައިން ޕްލެޓްފޯމްތަކުގައި އިސްތިހާރުކޮށް ވިއްކާ ކަމުގެ ޝަކުވާ އެ އޭޖެންސީ އަށް ލިބޭ ކަމަށެވެ.

އެހެންކަމުން، ރަޖިސްޓްރީ ނުކޮށް ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއެކު ގަވާއިދުގާވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމަށް ނިންމާ އިއުލާން ކޮށްފި އެވެ.

އެޗްޕީއޭ އިން ވަނީ މިފަދަ ތަންތަނުން ވިޔަފާރީގެ އުސޫލުން ކާބޯތަކެތީގެ ހިދުމަތްދޭނަމަ، ސާފުތާހިރުކަމުގެ މިންގަނޑު ބަޔާންކުރާ ގަވާއިދާއި ކަމާގުޅޭ އެހެން ގަވާއިދުތައް ނެގުމަށް އެދިފަ އެވެ. އަދި، މިފަދަ ތަންތަނުގެ ހިދުމަތް ނުހޯދުމަށް އާއްމުންނަށް ވަނީ އިލްތިމާސް ކޮށްފަ އެވެ. ރަޖިސްޓްރީ ކުރުމަށް، ހެލްތުގެ ޕޯޓަލް، https://counter.health.gov.mv/ މެދުވެރިކޮށް ހުށަހެޅޭނެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ގިނަ ބަޔެއްގެ މާލީ ހާލަތު ދަށްވުމުގެ ސަބަބުން ސޯޝަލް މީޑިއާ މެދުވެރިކޮށް ދަނީ އެކި ކަހަލަ ކާބޯތަކެތި ވިއްކަމުންނެވެ. އޭގެ ތެރޭގައި ލުއި ކާނާގެ އިތުރުން އާއްމުކޮށް ކެއުމަށް ބޭނުންކުރާ ބަތާއި ރިހަ ފަދަ ތަކެތިވެސް ހިމެނެ އެވެ.