ނިއުރޭޑިއަންޓް

އާކޯޗާއެކު ނިއު ފަރިތަކުރަން ފަށާނީ ހޯމަ ދުވަހު

ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް އަލަށް ގެނައި ސާބިއާގެ ކޯޗާއެކު ޓީމުގެ ފަރިތަކުރުންތައް ފަށާނީ އަންނަ ހޯމަ ދުވަހު ކަމަށް ނިންމައިފި އެވެ.

ނިއުގެ އޮފިޝަލަކު ބުނީ އައްޑޫ ސިޓީ އާއި ހދ. ކުޅުދުއްފުށީގައި މި މަހުގެ ހަތަރު ވަނަ ދުވަހު ނިމުނު ޕްރެޒިޑެންޓްސް ކަޕަށް ފަހު ކުޅުންތެރިންނަށް މިހާރުތިބީ ޗުއްޓީދީފަ އެވެ. އަދި ފަރިތަކުރުންތައް ފަށާނީ މާދަމާ ކޯޗު މާލެ އައުމުން ހޯމަ ދުވަހު އެވެ.

ސީޒަނުގައި ދިވެހި ޕްރެމިއާ ލީގު އެކަނި އޮތްއިރު ނިއު މިވަގުތު އޮތީ ލީގުގެ އެއްވަނާގަ އެވެ. ނަމަވެސް ފާއިތުވެދިޔަ ތިން އަހަރުގެ ދިވެހި ލީގާއި ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަން ޓީމަށް ވަނީ މާޒިޔާ އަތުން ބަލިވެ މި އަހަރުގެ ގައުމީ ތަށި ގެއްލިފަ އެވެ.