މޯލްޑިވްސް ޕޮލިސް ސާވިސް

ފިލައިގެން އުޅޭ 11 ބިދޭސީއަކު ހޯދަނީ

Sep 1, 2020

ކޮވިޑް ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބާފައި ވަނިކޮށް ފިލާފައިވާ 11 ބިދޭސީއެއްގެ ފޮޓޯ އާންމުކޮށް އެ މީހުން ހޯދަން އިއުލާން ކޮށްފި އެވެ.

ފުލުހުން ބުނީ ކަރަންޓީން ފެސިލިޓީން ފިލުމުގެ އިތުރުން އެ މީހުންނަކީ ގަވާއިދާ ހިލާފަށް އުޅޭތީ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ފިލާގައިގެން ރަށުތެރެއަށް ގޮސްފައިވާ ބައެއް ކަމަށެވެ.

ފޮޓޯ އާއި ނަމާއި ޕާސްޕޯޓް ނަމްބަރު ވެސް ހިމެނޭ ގޮތަށް ހޯދަން އިއުލާން ކުރި 11 މީހުންނަކީ ވެސް ބަންގްލާދޭޝްގެ މީހުނެވެ.

ފެސިލިޓީގެ ތެރެއިން ފިލި 11 މީހުން

  • ރޮޕަކް ކުރި، ލަކްސްމިޕޫރ، ބަނގްލަދޭޝް
  • ބައްޗު، ކޮމިއްލަ، ބަނގްލަދޭޝް
  • އެމް.ޑީ ސަހަޑަ މަތުއްބަރު، ޕަރިޑްޕޫރ، ބަނގްލަދޭޝް
  • އެމް.ޑީ މިލޮން ޝެކް، ޖެނައިޑާހް، ބަނގްލަދޭޝް
  • ސުމޮން އަޙްމަދު ، ބަނގްލަދޭޝް
  • ރަބް، ކޮމިއްލަ، ބަނގްލަދޭޝް
  • މުޙައްމަދު ރުބެލް މިއަހް،ކޮމިއްލަ، ބަންގްލަދޭޝް
  • މަޒްނު ޕްރަމަނިކް، ރަޖްބަރީ، ބަންގްލަދޭޝް
  • އެމް.ޑީ ޝާހާ ޢަލީ، ރަޖްބަރީ، ބަންގްލަދޭޝް
  • ޚޯކޮން މާލިކު، ޗަންދުޕޫރ، ބަންގްލަދޭޝް
  • ޝަހާދަތު ޙޮސައިން، ޗަންދުޕޫރު، ބަނގްލަދޭޝް

އެ މީހުނާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް ގުޅުއްވައި މައުލޫމާތު ހިއްސާ ކުރަން ވެސް ފުލުހުން އެދިފައި ވެއެވެ.

ކޮވިޑާއެކު ވަރަށް ގިނަ އަދަދެއްގެ ބިދޭސީން ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތުގައި 5000 އާ ގާތް ކުރާ އަދަދަކަށް ބިދޭސީން ރާއްޖެއިން ފުރުވާލާފައިވާއިރު ފިލައިގެން އުޅޭ ބިދޭސީން އަދަދު މިހާރު ވެސް 60،000 އަށް ވުރެ ގިނަ ކަމަށް ވެއެވެ. އަދި ވަރަށް ގިނަ ބިދޭސީންގެ ވަޒީފާތައް ގެއްލި މަގުމަތިވުމުގެ ސަބަބުން މާލޭގެ އެކި ސަރަހައްދުތަކުގައި ސަލާން ޖަހަން ނުކުމެ ވެސް އުޅެ އެވެ.