މޯލްޑިވްސް ޕޮލިސް ސާވިސް

240 ދަޅު ބިޔަރާއެކު ކުޑަކުއްޖަކު ހައްޔަރުކޮށްފި

Sep 3, 2020
1

ގިނަ އަދަދެއްގެ ބިޔަރު ދަޅު ތަކަކާއެކު ކުޑަ ކުއްޖަކު ހައްޔަރުކޮށް މައްސަލަ ބަލަން ފަށައިފި އެވެ.

ދިވެހި އެ ކުއްޖާއާއެކު 29 އަހަރުގެ ދިވެހި އެހެން ފިރިހެނަކު ވެސް ހައްޔަރު ކޮށްފައި ވެއެވެ.

ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައު ކޯޓް އަމުރަކުން ގަލޮޅު ގެއެއް ބަލައި ފާސްކޮށް އެ ގޭތެރެއިން 240 ބިޔަރު ދަޅު އަތުލާފައިވާ ކަމަށެވެ.

މި މައްސަލާގައި ހައްޔަރު ކުރި ކުޑަކުއްޖާގެ އަކީ 17 އަހަރުގެ ފިރިހެން ކުއްޖެކެވެ.