ހަބަރު

ޝުޝްމާގެ ދަތުރުގައި މަޝްވަރާ ކުރާނީ ހަތަރު ކަމަކާ: އިންޑިއާ

ރާއްޖެ އިންޑިއާ ޖޮއިންޓް ކޮމިޝަން ބައްދަލުވުމަށް ރާއްޖެއަށް އިއްޔެ ވަޑައިގެންނެވި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނސްޓަރު ޝުޝްމާ ސުވަރާޖް ރައީސް އަބްދުﷲ ޔާމީނާއި މިއަދު ބައްދަލުކުރައްވާނެ ކަމަށް އިންޑިއާ އެކްސްޓާނަލް އެފެއާޒްގެ ތަރުޖަމާނު ވިކާސް ސުވަރޫޕް ވިދާޅުވެއްޖެ އެވެ. މި މަޝްވަރާތަކުގައި ހަތަރު ދާއިރާއަކުން ގުޅުން ބަދަހި ކުރަން މަޝްވަރާ ކުރާނެ ކަމަށް އިންޑިއާ އިން ބުންޏެވެ.

ޝުޝްމާ ރާއްޖެއަށް ކުރައްވާ ދަތުރުފުޅާއި ބެހޭ ގޮތުން އިންޑިއާގެ ނޫންސްވެރިންނަށް މައުލޫމާތުދެއްވަމުން ސުވަރާޖް ވިދާޅުވީ، މިއަދު ހެނދުނު ރައީސް ޔާމީނާއި ޝުޝްމާ ބައްދަލުކުރައްވާނެ ކަމަށެވެ. އަދި އެ ބައްދަލުވުމަށްފަހު ކެބިނެޓުގެ ބައެއް މިނިސްޓަރުންނާ ވެސް ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމަށް ޗުވަރޫޕް ވިދާޅުވި އެވެ.

އެކަމަނާގެ މި ދަތުރުފުޅުގައި ރާޢްޖޭގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލާއި، ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ރަސްމީ ކޮށް ބައްދަލުކުރައްވައި އެ ދާއިރާތައް އިތުރަށް ތަރައްގީ ކުރުމާއި ބެހޭ މަޝްވަރާތައް ބާއްވަން ވަނީ ހަމަޖެހިފަ ވާ ކަމަށް ވެސް ސުވަރޫޕް ވިދާޅުވި އެވެ.

"މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ 4 ދާއިރާއަކުން. އެއީ ހަކަތައާއި އިގްތިސޯދާއި، ސިއްހަތުގެ އިތުރުން ޑިފެންސް. އަޅުގަނޑުމެން އުންމީދުކުރަނީ އިންވެސްޓްމަންޓާއި އިގްތިސޯދު ފުޅާކުރުމާއި، ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރަން ރާޢްޖެއިން އިތުރަށް ކުރަންޖެހޭ މުހިއްމު ކަންކަމާއި ބެހޭ ގޮތުން މުހިއްމު މަޝްވަރާތަކެއް ކުރެވޭނެ ކަމަށް،" ސުވަރޫޕް ވިދާޅުވި އެވެ.