ހަބަރު

އޭދަފުށީ މަގުތަކުގައި ތާރު އަޅައިފި

އޭދަފުށީ މަގުހެދުމުގެ މަޝްރޫއުގެ ދަށުން އެ ރަށު މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ނިންމާލައިފި އެވެ.

އޭދަަފުށީގެ މަގުތައް ހަދަން ފަަށާފައިވަނީ މިދިޔަަ އަހަރު އޭޕްރީލް ގަ އެވެ. އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން މިއަދު ބުނީ، އެ ރަށުގެ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 87 ޕަސެންޓް މަސައްކަތް ވަނީ ނިމިފައި ކަމަށެވެ. މަގުތަކުގައި ތާރު އަޅައި އެއްކޮށް ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ފެން ހިންދުންމަށް ޕަމްޕް ސްޓޭޝަނެއް ބެހެއްޓުމުގެ މަސައްކަތާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކަމަށް އެ ކުންފުނިން ބުންޏެވެ.

މި މަޝްރޫގެ ދަށުން ޖުމްލަ 22،942 ސްކޮޔާ މީޓަރުގެ ސަރަހައްދެއް އެކުލެވޭ 19 މަގެއްގައި ތާރު އެޅުމާއި، ފެންހިންދާ ނިޒާމެއް ހަރުކުރުމާއި، ގްރެވިޓީ ޕައިޕް ނެޓްވޯކް އެޅުމުގެ މަސައްކަތް ކުރެ އެވެ.

މިއީ 34.4 މިލިއަން ރުފިޔާގެ މަޝްރުއެކެވެ.