ހަބަރު

ބަންޑުން ޖަހާލި ޑިންގީގައި ތިބި މީހުން ސަލާމަތްކޮށްފި

ރ. އަތޮޅު މަޑުއްވަރީ ކައިރީގައި އޮތް ފަޅުރަށެއް ކައިރިއަށް ހަތަރު މީހުންނާއެކު ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައިފި އެވެ.

ފުލުހުން ބުނީ މަޑުއްވަރީ ކައިރީގައި އޮތް ފަޅުރަށެއްގެ ފަޅުތެރެއަށް ޑިންގީއެއް ބަންޑުން ޖަހާލާފައިވާ ކަމުގެ ރިޕޯޓު މިއަދު ހަވީރު 16:09ގައި ލިބިފައިވާ ކަމަށާއި ފުލުހުން މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ފުލުހުން ބުނީ ޑިންގީގައި ތިބި ހަތަރު މީހުން ސަލާމަތްކޮށް މިހާރު މަޑުއްވަރީއަށް ގެންގޮސްފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޑިންގީ ބަންޑުން ޖަހާލާފައިވަނީ މާށިގިރި ކިޔާ ފަޅުރަށެއް ކައިރިއަށެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސް ވަރަކަށް ވުމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް ކަމާގުޅޭ މުއައްސަސާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.