ވިޔަފާރި

މައްސަލަ ފެންމަތިވުމުން ސިންގަލް ވިންޑޯ މަޝްރޫއު އަލުން ބީލަމަށް ލަނީ

ވިޔަފާރިއާ ގުޅުންހުރި ގިނަ މަސައްކަތް ތަކެއް އެއް ވިއުގައިން ގުޅާލަން، އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) ގެ އެހީގައި ކުރި އަށް ގެންދަން ބީލަމަށްލި 6.7 މިލިއަން ޑޮލަރު (100 މިލިއަން ރުފިޔާ) ގެ ނެޝަނަލް ސިންގަލް ވިންޑޯ މަަޝްރޫއުގެ ހަވާލުކުމުގައި ހުރި މައްސަލަތަކެއް ފެންމަތިވުމާއެކު، އެ މަޝްރޫއު ހަވާލުކުރި ކުންފުނީގެ ބިޑް ބާތިލްކޮށް އަލުން ބީލަމަށް ހުޅުވާލަން ނިންމައިފި އެވެ.

އިމްޕޯޓް އަދި އެކްސްޕޯޓްގެ މަރުހަލާގައި ދޭ ހިދުމަތްތައް އެއް ވިއުގައަކުން ގުޅާލަން ކުރިއަށް ގެންދަން ނިންމާފައިވާ "ނެޝަނަލް ސިންގަލް ވިންޑޯ މަޝްރޫއު" ފިނޭންސް މިނިސްޓްރީން ހަވާލުކޮށްފައިވަނީ ޔޫއޭއީގެ ކުންފުންޏެއް ކަމަށްވާ ވެބް ފޮންޓެއިން އޭޝިއާގެ ނަމުގައި ފިލިޕީންސްގައި ހިންގާ ކުންފުންޏާ އެވެ. ނަމަވެސް މި މަޝްރޫއުގެ ހަވާލު ކުރެވޭނީ ބިޑް ޑޮކިއުމެންޓުގައި ހިމެނޭ 68 ގައުމެއް ނިސްބަތްވާ ކުންފުނި ތަކަށް ކަމަށް ބުނެފައިވެ އެވެ. އެ ގައުމުގެ ލިސްޓުގައި ޔޫއޭއީއެއް ނުހިމެނެ އެވެ. އެ ކުންފުނީން މި މަޝްރޫއު ކާމިޔާބުކުރީ ޔޫއޭއީގެ ވެބް ފޮންޓެއިން ކުންފުނިން ފިލިޕީންސްގައި ހިންގާ ރިސާޗު ޔުނިޓެއްގެ ނަމުގައި ބިޑްލައިގެންނެވެ. އަދި މި މަސައްކަތް ހަވާލުކޮށްފައިވަނީ ފަސް މަހަށް ވުރެ ގިނަ ދުވަހު ކުންފުންޏަކާ ހަވާލު ނުކޮށް ބޭއްވުން ފަހު އެވެ.

މި މައްސަލަ ފެންމަތިވުމާއެކު މަޝްރޫ އަށް ފައިނޭންސް ނުކުރާނެ ކަމަށް އޭޝިއަން ޑިވްލޮޕްމަންޓް ބޯޑު (އޭޑީބީ) އިން ވަނީ ސަރުކާރަށް ވަނީ އަންގާފަ އެވެ.

ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު ހުސެއިން ހަލީމް މިއަދު ވިދާޅުވީ މި މައްސަލަ ކުރިމަތިވެފައިވަނީ މި މަޝްރޫއަކީ ޓެކްނިކަލް ބައިތަކެއް "އޯވަލުކް" ނުވަތަ ނުފެނިގެން ކަމަށެވެ.

"ތިނެއް މާޗުގައި ބީލަމުގެ މަރުހަލާގައި ހުރި ކަންބޮޑުވުންތައް މިނިސްޓްރީގެ ސަމާލުކަމަށް އައުމާއެކު މިނިސްޓްރީގެ އިސް ނެގުމާއެކު އެ މައުލޫމާތު ފައިނޭންސް ކޮށްދޭ [އޭޑީބީ] އަށް އެ ދުވަހު ވާނީ އަންގާފަ. އެ ތުހުމަތުތައް ބެލުމަށްޓަކައި ރިވިއު ޕްރޮސެސްއެއް ކުރިއަށް ގެންދިޔަ އިން. އެ އަަށްފަހު އެ ޕްރޮސެސް މަޑު ޖައްސާލުމަށް އެންގިން،" ހަމީމް ވިދާޅުވި އެވެ.

މި މަޝްރޫއު ހަވާލު ކުރުމުގައި އެހާ ގިނަ ދުވަސްތަކެއް ވެގެން ދިޔައީ ކީއް ވެގެންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން، މި މަޝްރޫއުގެ ލީޑް ކޮންސަލްޓެންޓް ސައީދާ އުމަރު ވިދާޅުވީ މި މަޝްރޫއަކީ ޓެކްނިކަލް ވަރަށް ގިނަ ކަންކަތް ތަކެއް ހިމެނޭ އެހާމެ އުނދަގޫ މަސައްކަތެއް ކަމަށެވެ. މި ނިޒާމުން ތަފާތު ހަތް އޮފީހެއްގެ ގުޅާލަން ޖެހޭތީ ޓެކްނިކަލީ ގޮތުން ވެސް މިއީ އޮޅުން ބޮޅުން ބޮޑު މަސައްކަތެއް ކަމަށެވެ.

"އަޅުގަނޑުމެން މި ގަންނަނީ ހަތް އޭޖެންސީއެއްގެ ސިސްޓަމްސްތައް ގުޅުވާލާ އައިޓީ ސޮލިއުޝަނެއް. މީގައި ހިމެނޭ ހުރިހާ ޓެކްނިކަލް ރިކުއާމަންޓްސްތައް މީޓް ވޭ ތޯ ބަލަން އެބަޖެހޭ. މީގައި ޓެކްނިކަލް ރިކުއާމަންޓްތައް އެހުރީ ބިޑް ޑޮކިއުމެންޓްގެ ސެކްޝަން 6 ގައި ތަފުސީލްކޮށް. އޭގައި ހިމެނޭ ހާޑްވެއާ އާއި ސޮފްޓްވެއާ ހުރިހާ ރިކުއާމަންޓްތަކެއް މީޓްވޭ ތޯ ބަލަން ޖެހޭ. އެހެންވެ އިވޭލުއޭޓް ކުރީ ފަސް ޕްރޮޕޯސަލް. އެހެންވެ ފުދޭ ވަރަށް ގިނަ ދުވަސްވި،"

"މި ކޮމެޓީގައި ތިއްބެވީ ވެސް ފަންނީ ބޭފުޅުން، ހާޑްވެއާ އާއި ސޮފްޓްވެއާގެ ބޭފުޅުން. އޭޑީބީގެ ޕްރޮކިއުމަންޓް ޕްރޮސެސް އެނގޭ ބޭފުޅުން. މި ފަންނީ ޕްރޮޖެކްޓް ތަކެއް ވީމަ، މިދަނީ އެންމެ ރަނގަޅަށް ތޯ ބަލަން ޖެހޭ ހުރިހާ ކަމެއް ސަރުކާރުގެ އިދާރާ ތަކުން ކުރި. އިވެލުއޭޝަން ދިޔައިރު ވެސް އައިޑީބީގެ ޕްރޮކިއުމެންޓް ސްޕެޝަލިސްޓެއްގެ އެހީތެރިކަން ލިބުނު." ސައީދާ ވިދާޅުވި އެވެ.

ޓެކްނިކަލް ކޮމެޓީގެ "އަތް ދަށުން" ދޫވީ؟

ސިންގަލް ވިންޑޯ މަޝްރޫއު ޔޫއޭއީގެ ކުންފުންޏާ ހަވާލުކުރި ޓެކްނިކަލް ކޮމެޓީގައި އިކޮނޮމިކް މިނިސްޓްރީ އާއި ކަސްޓަމްސް އާއި ނެޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އާއި އިކޮނޮމިކް މިނިސްޓްރީ އަދި ފިނޭންސް މިނިސްޓްރީގެ ފަންނީ މުވައްޒަފުން ހިމެނެ އެވެ. ނަމަވެސް އެ ކޮމެޓީގެ އަތް ދަށުން ވަނީ މިކަން "ދޫވެފަ" އެވެ.

ފިނޭންސުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު ހަމީމް ވަނީ މި މަޝްރޫއު "އޯވަލުކް" ވި ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.

" މިކަން އިލެވުލޭޝަނަށް ފާހަގަ ނުވެ އިނީ އޭތި އޯވަލުކްވެފަ އިނީމަ،" ހަމީމް ވިދާޅުވި އެވެ.

"އެކަމަކު ވެބް ފޮންޓެއިން އޭޝިއާ އިން ހުށަހެޅީ ވެބް ފޮންޓެއިން ޔޫއޭއީގެ ލިޔުންތަކެއް ކަމަށް ވިއަސް، އެ ލިޔުން ތަކުން ދޭހަވާ، އެ ކުންފުނީގެ ތަޖުރިބާ ކަމަށް ޑޮކިއުމެންޓުގައި ދައްކަން ނޫޅޭކަން. އޮޅުވާލާފައެއް ނެތްކަން."

ކޮރަޕްޝަނަށް މަގުފަހި ނުވާކަމަށް އޭޑީބީ އިން އެނގި

އޭނާ ވިދާޅުވީ މިއީ އޭޑީބީގެ އެންޓިކޮރަޕްޝަން ޕޮލިސީއާ ހިލާފު ކަމެއް ވެސް އެ ޖަމިއްޔާ އިން ވެސް އަންގާފަ ނެތް ކަމަށެވެ.

"އޭގައި ކޮރަޕްޝަނެއް ނޫނީ އެ ކަހަލަ އެއްވެސް ކަމެއް އިންކަން ވެސް ފާހަގަ ވެފައި އޮތްކަން އޭޑީބީން އަންގާފައެއް ނެތް. އަޅުގަނޑުމެން ރިވިއުގައި ވެސް އޭޑީބީގެ އެންޓިކޮރަޕްޝަން ޕޮލިސީއާ ހިލާފަށް އެކަން ގަސްތުގައި ކޮށްފައިވާކަން ފާހަގައެއް ނުވޭ،" ހަމީމް ވިދާޅުވި އެވެ.

"މި މައްސަލައާ މެދު ގޮތެއް ނިންމުމަށް ސަރުކާރުގެ ފުރިހަމަ އިހުތިޔާރު އޮތް ކަމެއް މި ކަމަކީ. އަޅުގަނޑުމެން ރިވިއު ޕްރޮސެސް ފުރިހަމަކޮށްފަ ޖޫންމަހު އޭޑީބީއާ ހިއްސާ ކުރިން. އޭޑީބީއާ ހިއްސާކޮށް ވިއުސް ބަލާފަ. އެ ބޭފުޅުން ވެސް ނިންމާފަ އިނީ މީގައި އޯވަލުކް ވެފައިު އިން ކަމަކީ އަނެއްހެން ބަލާއިރު ހާލެއްގައި ގަސްތުގައި ވެފައި އޮތް ކަމެއް ނޫންކަން. މި ޑިއުރޭޝަންގައި ހޯދަން ޖެހޭ ހުއްދަތައް ވެސް ހޯދާފައިވާނެކަން."

ގަވައިދަށް ނުފެތޭނަމަ އޭޑީބީން ފައިނޭންސެއް ނުކުރާނެ

ފިނޭންސް މިނިސްޓްރީން ވާހަކަ ދެއްކި، ހަމީމް ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ މިހާރު ބިޑް ހަވާލުކޮށްފައިވަނީ އޭޑީބީގެ ގަވައިދަށް ފެތޭ ގޮތަކަށް ނުވާތީ އެ މަޝްރޫ އަށް ފައިނޭންސް ނުލިބޭނެ ކަމަށެވެ. އެހެންވެ، އެ މަޝްރޫއުގެ އަލުން ބީލަމަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. އަދި މި މަޝްރޫއު މިގޮތަށް ދިޔަ ނަމަވެސް، އޭޑީބީ އާއި ރާއްޖެއާ ދެމެދު އޮންނަ އެއްވެސް ގުޅުމަަށް ބުރުލެއް ނާރާނެ ކަމަށެވެ.

"ޕްރޮސެސްގެ ފަންޑިން ދެވޭނީ އަލުން ބިޑްކޮށްގެން. އެހެންވެ، އެޓާނީ ޖެނެރަލްގެ ލަފަޔާ ވެސް އެއްގޮތަށް މި ޕްރޮޖެޓު ހުއްޓާލައި އަލުން ބިޑަށްލުމުގެ މަސައްކަތް ކުރިއަށް މި ދަނީ. އެކަމަށް އޭޑީބީއާއެކު މަޝްވަރާ ކުރަނީ،" ހަމީމް ވިދާޅުވި އެވެ.

"އޭޑީބީ އިން ވަނީ މިހާރު ބިޑް ކާމިޔާބު ކުރި ކުންފުންޏަށް ވެސް އަލުން ބިޑް ހުޅުވާލިއަސް ކުރިމަތިލާން ވެސް ދައްޗެއް ނެތްކަން އަންގާފަ. އެ ބޭފުޅުންގެ އިންޓަގްރިޓީ ވަޔަލޭޝަނެއް ނެތް ކަމަށް."