މޯލްޑިވްސް ޕޮލިސް ސާވިސް

ޖިންސީ ގޯނާގެ ތުހުމަތަށް މީހަކު ހައްޔަރުކޮށްފި

Sep 14, 2020

ދެކުނުގެ ދެ ސިޓީ ހިމެނޭ ސަރަހައްދުގެ ރަށެއްގައި ފަސް އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަަށް މީހަކު ހައްޔަރު ކޮށްފި އެވެ.

ހައްޔަރު ކޮށްފައި ވަނީ 36 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. ފުލުހުން ބުނީ ކުޑަ ކުއްޖާއާ ގުޅޭ އެ މައްސަލަ އިއްޔެ ފުލުހަށް ހުށަހެޅީ ސިއްހީ ފަރުވާދޭ މަޒުޒަކުން ކަމަށެވެ.

ފަހަކަށް އައިސް ޖިންސީ ގޯނާގެ މައްސަލަތައް ކައިރި ކައިރީގައި ފެންމަތިވެ އެވެ.