ޝަރުއީ ދާއިރާ

ގާޒީ ޒުބައިރުގެ މައްސަލަތަކެއް ތަހުގީގު ކުރަނީ

ސިވިލް ކޯޓުގެ ގާޒީ ޒުބައިރު މުހައްމަދާއި އާއި ގުޅުން ހުރު މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ިއން ބަލަން ފަށައިފި އެވެ.

ޖޭއެސްސީ އިން ބުނީ ސިޔާސީ ހަރަކާތްތަކާއި ޖަމިއްޔާއެއްގެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވާކަމަށްބުނެ އެކޮމިޝަނަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން ސިވިލް ކޯޓުގެ ގާޒީ ހުސެއުން ޒުބެއިރާއި ގުޅުން ހުރި މައްސަލަތަކެއް ތަހްުގީގު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މި މައްސަލަތައް ތަހްގީގު ކުރުމަށް ކޮމިޓީއެއް އެކުލަވާލަން ނިންމާފައިވާ ކަމަށް ޖޭއެސްސީ އިން ވަނީ ބުނެފަ އެވެ.

ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީ އާއި ގުޅުންހުރި ސީރިއަސް މައްސަލަތަކެއް ޖޭއެސްސީ އިން ބަލަމުންދާ ކަމަށް މީގެ ކުރިން އެކޮމިޝަނުން ވަނީ ބުނެފަ އެވެ.