ފިލައިގެން އުޅޭ ބިދޭސީއަކު ހޯދަން އިއުލާނު ކޮށްފި އެވެ. ފޮޓޯއާއެކު ހޯދަން އިއުލާނުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އެމްޑީ ފޮއިސަލް ސަރުކާރު ކިޔާ މީހެކެވެ.
ފުލުހުން ބުނީ ފޮއިސަލް ސަރުކާރަކީ ސްޕޮންސާއަށް ފިލައިގެންގޮސް އެހެން ސައިޓުތަކުގައި މަސައްކަތްކޮށް އިމިގްރޭޝަން ގާނޫނާ ހިލާފަށް ރާއްޖޭގައި އުޅެމުންދާތީ މޯލްޑިވްސް އިމިގްރޭޝަނުން އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ހޯދަމުންދާ މީހެއް ކަމަށެވެ. އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް ހިއްސާ ކުރުމަށް ވަނީ އެދިފައެވެ.