މަރު

ހޯދަމުންދިޔަ ޒުވާނާ މަރުވެފައި އޮއްވާ ފެނިއްޖެ

ސްނޯކްލިން އަށް ދިޔަ ޒުވާނަކު ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ މާލެ ސިޓީ ވެސްޓް ޕާކް ސަރަހައްދަށް ސްނޯކްލިން އަށް ދިޔަ ޒުވާނަކު ހަބަރެއް ނުވެގެން ހޯދަމުންދަނިކޮށް މޫދު އަޑީގައި އޮއްވާ ކޯސްޓްގާޑްގެ ޑައިވަރުން ނަގާފައިވާ ކަމަށެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ 12.1 މީޓަރު އަޑިންނެވެ. އަދި އެ ޒުވާނާގެ ހަށިގަނޑު މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ. މަރުވެފައިވަނީ މ. ބޮއިލިން ފިޝް، އުމުރުން 24 އަހަރުގެ ޝައްފާން ރަޝީދެވެ.

ސިފައިން ބުނީ ޒުވާނާ ގެއްލިގެން ރިޕޯޓް ކޮށްފައިވަނީ މިއަދު ހަވީރު 4.36 ގައި ކަމަށެވެެ. އެ ޒުވާނާ ސްނޯކްލިންއަށް ގޮސްފައިވަނީ މިއަދު ހެނދުނު 11 ޖަހާ އެހާކަންހާއިރު ކަމަށް މައުލޫމާތު ލިބިފަައިވެއެވެ.