މޯލްޑިވްސް ޕޮލިސް ސާވިސް

ހަލާކުވެފައިވާ ފުލުސް ލޯންޗުތަކެއް ވިއްކާލަނީ

ފުލުހުންގެ ބައެއް ލޯންޗްތައް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާތީ ނީލަމުގައި ވިއްކާލަން ނިންމައިފި އެވެ.

ފުލުހުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ސާވިސް ގައި ބޭނުންކުރަމުން ދިޔަ ބައެއް ލޯންޗްތައް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާތީ އެ ތަކެތި ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވާ ކަމަށެވެ. ނީލަން ކިޔާނީ ހާޒިރީންގެ ކުރިމަތީގައި އަނގަ ބަހުން ކަމަށާ އަދި ނީލަމަށް އިތުރު ކުރުމަށް ހުށަހަޅާނީވެސް ހާޒިރީންނަށް އަޑުއިވޭވަރަށް އަނގަ ބަހުން ކަމަށް ފުުލުހުންގެ އިއުލާނުގައިވެއެވެ.

ނީލަން ކިއުމަށް ކަނޑައެޅިފައިވަނީ 10 ލޮޓަކަށް ބަހާލެވި ލޮޓުތަކަށް ދެވިފައިވާ އަގު ތަކަށެވެ.

ފުލުހުން ވަނީ ހަލާކުވެފައިވާ ލޯންޗުތައް ގަންނަން ޝައުގުވެރިވާ ފަރާތްތަކުން ފުލުހުން އާންމުކޮށްފައިވާ މައުލޫމާތު ކަރުދާހުގައިވާ ގޮތުގެ މަތިން އަމަލު ކުރުމަށް އެދިފައެވެ.