ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އައިޖީއެމްއެޗުން ކޮވިޑަށް އެއްލައްކަ ޕީސީއާރްް ޓެސްޓު ކޮށްފި

ކޮވިޑް-19 އަށް ޓެސްްޓު ކުރުމަށް އައިޖީއެމްއެޗް ގެ ލެބޯރެޓަރީ އިން 100،000 ޕީސީއާރް ޓެސްޓު ރަން ކޮށްފައިވާކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

މާޗު ހަތެއްގައި ރާއްޖެއިން ކޮވިޑް ގެ ފުރަތަމަ ކޭސް ފެނުނު ހިސާބުން ފެށިގެން، އައިޖީއެމްއެޗްގެ ލެބޯރެޓަރީން 24 ގަޑިއިރު މެދުނުކެނޑި ކޮވިޑް ޕީސީއާރް ހެދުމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ. އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ، ޕީސީއާރް ޓެސްޓުކުރަން ފަށާފައި ވަނީ ފެބުރުއަރީ 29 ވަނަ ދުވަހު ކަމަށެވެ. އަަދި މިއަދާ ހަމައަށް އެއް ލައްކަ ޓެސްޓު ކުރެވިފައިވާ ކަމަށެވެ.

އައިޖީއެމްއެޗް އިން ޕީސީއާރް ޓެސްޓުކުރަން ފެށީ ތިން މުވައްޒަފުންގެ ޓީމަކުން ނަމަވެސް، ބަލި ޖެހޭ މީހުންގެ އަދަދު ގިނަވާން ފެށުމުން ޓީމުގައި ހިމެނޭ މުވައްޒަފުން އިތުރުކޮށް މިހާރު ކޮވިޑް ޕީސީއާރް ޓެސްޓު ހެދުމުގައި 22 މުވައްޒަފުން މަސައްކަރް ކުރަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އެންމެ ފުރަތަމަ ޕީސީއާރް ޓެސްޓުކުރަން ފެށިއިރު، ޓެސްޓިން ކެޕޭސިޓީ ހުރީ ކޮންމެ 24 ގަޑިއިރަކު 100 ޕީސީއާރު ޓެސްޓެވެ. އެހެންނަމަވެސް މިހާރު ޓެސްްޓިން ކެޕޭސިޓީ އަކީ ކޮންމެ 24 ގަޑިއިރަކު 1500 ޓެސްޓު ކަމަށް ހޮސްޕިޓަލުން ބުނެ އެވެ. އަދި ބުނީ އެއީ ސާމްޕަލް އެކްސްޓްރެކްޓު ކުރުމުގައި ޒަމާނީ މެޝިންތަކާއި ޕީސީއާރް މެޝިންތައް އަދި އިތުރު މުވައްޒަފުން ތަމްރީނު ކުރުމުގެ ނަތީޖާ ކަމަށެވެ.

ކޮވިޑް19 ފެތުރުން ކޮންޓްރޯލްކުރުމުގައި އެންމެ މުހިންމު ކަމަކީ ބަލި ޖެހިފައިާ މީހާ ދެނެގަނެ، އެކަހެރިކުރުން ކަމަށް ވާއިރު ލެބޯރެޓަރީ މުވައްޒަފުންނަކީ ފްރަންޓް ލައިންގެ އެންމެ ކުރީ ސަފުގައި ހިދުމްތަދޭ ފަރާތްތައް ކަމުން އެ ހޮސްޕިިޓަލުން ވަނީ ލެބޯރަޓަރީ ސްޓާފުންނަށް ޝުކުރު އަދާކޮށްފަ އެވެ.