މާފުށީ ޖަލު

މާފުށީ ޖަލަށް ފޯނާއި މަސްތުވާތަކެތި ވައްދަން އުޅެފި

Sep 30, 2020

މާފުށި ޖަލަށް ވައްދަން އުޅުނު ފޯނުތަކަކާއި މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރު ކޮށްފި އެވެ.

ހައްޔަރު ކޮށްފައިވަނީ 41 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ބުނީ ފުލުހުން އެ މީހާ ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި ޖަލު ކައިިރިން ކަމަށެވެ. އެމީހާ ހުއްޓުވައި އޭނާގެ ހަށިގަނޑު ބަލައިފާސްކުރިއިރު އޭނާގެ އަތުން 15 ސްމާޓް ފޯނާއި އާދައިގެ ހަ ފޯނާއި ދެ މިނީ ފޯނުގެ އިތުރުން ޗާޖަރު ކޭބަލްތަކަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 43 ރަބަރު ކޮތަޅު ފެނިފައިވެއެވެ.

އެ މީހާގެ ބަންދަށް މާފުށީ ކޯޓުން ވަނީ 15 ދުވަސް ދީފައެވެ. މައްސަލައިގެ ތަހުގީގުވެސް ވަނީ ފަށާފައެވެ.