މާފުށި ޖަލު ސަރަހައްދަށް މިރޭ ބޭރުން ބަޔަކު ގަވައިދާ ހިލާފަށް ވަން ކަމުގެ މައުލޫމާތު ލިބިގެން ޖަލު ކުއްލި ހާލަތަށް ގެނެސްފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެ އެވެ.
މާފުށީން ޖަލުން ގައިދީންތަކެއް ފިލާފައިވާ ކަމަށް އަޑުފެތުރިފައިވަނިކޮށް މާފުށީ ޖަލުގައި ހިނގާދިޔަ ހާދިސާއަކާއި ގުޅިގެން ސާޗް އޮޕަރޭޝަނެއް ކުރިއަށް ގެންދާކަން ފުރަތަމަ ހާމަކުރީ ފުލުހުންނެވެ. ފުލުހުން ބުނީ މާފުށީ ޖަލުގައި ހިނގައިގެން އުޅޭ ހާދިސާއަކާއި ގުޅިގެން ކަރެކްޝަނާއި ގުޅިގެން ސާޗް އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށެވެ.
އޭގެ ފަހުން ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވީ މާފުށި ޖަލު ސަރަހައްދަށް މިރޭ ބޭރުން ބަޔަކު ގަވައިދާ ހިލާފަށް ވަން ކަމުގެ މައުލޫމާތު ލިބިގެން ޖަލު ވަނީ ކުއްލި ހާލަތަށް ގެނެވިފައި ކަމަށެވެ. އަދި ޖަލުން އެއްވެސް ގައިދީއެއް ފިލާފައި ނުވާކަން ކަށަވަރު ކޮށްދޭ ކަމަށްވެސް ވިދާޅުވިއެވެ.
މާފުށި ޖަލު ސަރަހައްދަށް މިރޭ ބޭރުން ބަޔަކު ގަވައިދާ ހިލާފަށް ވަން ކަމުގެ މައުލޫމާތު ލިބިގެން ޖަލު ވަނީ ކުއްލި ހާލަތަށް ގެނެވިފައި. އަދި ޖަލުން އެއްވެސް ގައިދީއެއް ފިލާފައި ނުވާކަން ކަށަވަރު ކޮށްދެންއަހުމަދު މުހައްމަދުފުޅު | ކޮމިޝަނަރު އޮފް ޕްރިޒަންސް
ސާޗް އޮޕަރޭޝަން ހިންގަމުން ދަނީ ޖަލުގައި އިތުރު ބަޔަކު ތިބިތޯ ޔަގީން ކުރުމަށެވެ. ނަމަވެސް އެކަމާއި ގުޅޭ މައުލޫމާތެއް ކަރެކްޝަނުން އަދި ހާމައެއް ނުކުރެއެވެ. އެ ސާވިސްއިން ބުނީ އެކަން ކަށަވަރު ކުރުމަށްފަހު މައުލޫމާތު ދޭނެ ކަމަށެވެ.