މާފުށީ ޖަލު

ޖަލު އާންމު ހާލަތަށް ގެނެސްފި

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ކޮމިޝަނަރު އަހުމަދު މުހައްމަދުފުޅު ޖަލަށް ވަޑައިގަންނަވަނީ --
100%
0%
0%

އެއްވެސް މީހެއް ޖަލު ސަރަހައްދަށް ވަދެފައިނުވާ ކަމަށާ އަދި އެއްވެސް ގައިދީއެއްވެސް ޖަލުން ފިލާފައިނުވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

މާފުށީން ޖަލުން ގައިދީންތަކެއް ފިލާފައިވާ ކަމަށް އަޑުފެތުރިފައިވަނިކޮށް މާފުށީ ޖަލުގައި ހިނގާދިޔަ ހާދިސާއަކާއި ގުޅިގެން ސާޗް އޮޕަރޭޝަނެއް ކުރިއަށް ގެންދާކަން ފުރަތަމަ ހާމަކުރީ ފުލުހުންނެވެ. ފުލުހުން ބުނީ މާފުށީ ޖަލުގައި ހިނގައިގެން އުޅޭ ހާދިސާއަކާއި ގުޅިގެން ކަރެކްޝަނާއި ގުޅިގެން ސާޗް އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށެވެ.

އެކަމާއި ގުޅިގެން ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ފުރަތަމަ ވިދާޅުވީ މާފުށި ޖަލު ސަރަހައްދަށް މިރޭ ބޭރުން ބަޔަކު ގަވައިދާ ހިލާފަށް ވަން ކަމުގެ މައުލޫމާތު ލިބިގެން ޖަލު ވަނީ ކުއްލި ހާލަތަށް ގެނެވިފައި ކަމަށެވެ. އަދި ޖަލުން އެއްވެސް ގައިދީއެއް ފިލާފައި ނުވާކަން ކަށަވަރު ކޮށްދޭ ކަމަށްވެސް ވިދާޅުވިއެވެ.

ފަހުން އޭނާ ވިދާޅުވީ ޖަލު ސަރަހައްދަށް މިރޭ ބޭރުން ބަޔަކު ގަވައިދާ ހިލާފަށް ވަތް ކަމުގެ މައުލޫމާތު ލިބިގެން ބެލި ބެލުމުން އެއްވެސް މީހެއް ޖަލު ސަރަހައްދަށް ވަދެފައި ނުވާ ކަމަށާއި އަދި އެއްވެސް ގައިދީއެއް ޖަލުން ފިލާފައި ނުވާކަން ކަށަވަރު ކުރެވިފައިވާ ކަަމަށެވެ. އަދި ޖަލު ވަނީ އާންމު ހާލަތަށް ގެނެވިފައި ކަމަށްވެސް ވިދާޅުވިއެވެ.

10 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޖޖޖޖ

ހޫމމމ...މާދަމާ ނޫން ކަމެއް ނޭނގެ ތިޔަމީހުން އަރައި ގަންނާނީ

އަދުރޭ

އިމްރާނޫ އަނެއްކާ އާއްމު ހާލަތަށް ގެނައި އިރު ޔާމީންގެ ހާކުކޮޅު ކިހިނެއްތޯ

ނިހާރު

އިމްރާާންމެން ތީ ޖަލަށް ލާންވީ މީހުން

ދަންޑެހެލް

އިމްރާނޫ އަސްލު ކަންވީގޮތް ބުނަން ނުކެރިގެން ތިޔަ އުޅެނީ ކީއްވެގެން ތޯ.......ސަމްތިންގް އިޒް ފިޝީ🤔🤔🤔

ޖިމީ

ހެހެ. އިމްރާން މީ ފިނޑިއެެއް

ޒަރާ

ދޮގު ހަދާ އިމްރާނަށް ހާދަ ކަމެއް ނުވޭ. ދޮގު މުޅި ފެއިލްވެއްޖެ

ޑޮކްޓަރ ދޮގު

ދޮގު ނުހަދަނީ ކާކު؟ އިބޫ ސޯލިހް، މަޖްލިސް ރައީސް، ފޮރިން މިނިސްޓަރު، ޖެންޑަރ މިނިސްޓަރ، އެޑިއުކޭޝަން މިނިސްޓަރު، މޑޕ ލީޑަރޝިޕް، ނެއްޓެމުން ވެއްޓެމުންދާ ގާތައް، މާލެ މޭޔަރ، އެޗް ޕީ އޭ، އެން ޑީ އޭ، ހެލްތް މިނިސްޓަރ، ހުރިހާ ކޯޓް ތައް، އޭޖީ، ޕީޖީ، ސީޕީ، ވީޕީ، މަޖްލިސް ހުރިހާ މެމްބަރުން، ކައުންސިލް މެމްބަރުން، މިނިވަން މުއައްސަސާތައް، ޖުޑީޝިއަލް ކޮމިޝަން، ހޮޓާތަކުތެރޭ، ގޭގޭ ތެރޭ، މާރކޭޓް ތެރޭ، މަގުތައްމަތީ ދޮގު!

ދޮގު މީހާ

އަސްލުވެސް. ހަދަނީ ހުސް ދޮގު

ރައްޒާގްބެ

ތިވާނީ ހަމަ ޖަލުން ބަޔަކު ފިލުވާލީ ކަމަށް...ތީގެ ހަގީގަތް އަދި ފަހުން އިނގޭނެ...

ރައްޒާބު

ޖަލަށް ލާންވީ މީހުން ޖަލު ހިންގަނީ

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910