ހަބަރު

ރާއްޖެ އިސްތިހާރު ކުރަން ލަންޑަނުގައި ކެމްޕޭނެއް

ރާއްޖެ ޕްރޮމޯޓުކޮށް، ފަަތުރުވެރިން ގެނައުމަށް ޔޫކޭގެ މައި ސިޓީ، ލަންޑަނުގައި އައުޓްޑޯ ކެމްޕޭނެއް އެމްއެމްޕީއާރްސީން ފަށައިފި އެވެ.

ރާއްޖެ ޕްރޮމޯޓުކުރާ، އެމްއެމްޕީއާރުސީން ބުނީ މި ކެމްޕޭނު ކުރިއަށްގެންދަނީ ލަންޑަނުގެ އެންމެ މަގުބޫލު އަދި ބާރުބޮޑު ސްޓޭޝަންތަކުގައި ކަމަށެވެ. އެގޮތުން ކެންސިންގްޓަން ރޯޑްސައިޑް އާއި ވެސްޓްފިލްޑް ލަންޑަން މޯލް އާއި ލިވަޕޫލް ސްޓްރީޓް ސްޓޭޝަން އާއި ބްލެކްފްރިއާސް ސްޓޭޝަން އާއި ކެނޮންޓް ސްޓްރީޓް ސްޓޭޝަންގެ އިތުރުން ތޭމްސްލިންކް ސްޓޭޝަން އާއި ފެރެންޗްޗާޗް ސްޓޭޝަން އާއި ލަންޑަންގެ ގިނަ މީހުން ދަތުރުކުރުމަށް ބޭނުންކުރާ އެންމެ ބާރުބޮޑު ސެޓޭޝަން ވޯޓާލޫ ސްޓޭޝަންގައި ޑިޖި ޓަލް ސްކްރީންތަކުގައި ރާއްޖޭގެ މަންޒަރުތައް ދައްކާ އިޝްތިހާރު ކުރާނެ ކަމަށެވެ.

މި ކެމްޕޭނު، ދެ މަސް ދުވަހަށް ކުރިއަަށް ގެންދާނެ ކަމަށް ވެ އެވެ.

އތުރަށް ބުނީ، ކެމްޕޭނުގެ މަގުސަދަކީ ކޮވިޑް އަށް ފަހު ރާއްޖެ އަކީ ޗުއްޓީ ހޭދަކުރަން ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދެއްކުން ކަމަށެވެ.

ކޮވިޑާ ގުޅގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމުގެ ކުރިން އިނގިރޭސިވިލާތަކީ އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަމުން އައި ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ.