ޖިންސީ ގޯނާ

ކުއްޖަކު ގްރޫމްކޮށް ގުޅުން ހިނގަން އުޅުނު މީހަކު ހައްޔަރުކޮށްފި

Oct 6, 2020

ސާދަ އަހަރުގެ ކުޑަ އަންހެން ކުއްޖަކު ގްރޫމްކޮށް ޖިންސީ އަމަލު ހިންގަން އުޅުނު މައްސަލައެއްގައި މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އެކި ދުވަސް މަތީން ޖިންސީ އަމަލު ހިންގަން ހިތްވަރު ދީ އެފަދަ އަމަލު ހިންގަން އުޅުނު މައްސަލަ މިދިއަ ސެޕްޓަމްބަރު މަހުގެ 30 ވަނަ ދުވަހު ފުލުހަށް ހުށަހަޅާފައިވާ ކަމަށާއި އެ ހާދިސާ ހިނގާފައި ވަނީ މެދު އަތޮޅުތަކުގެ ތ. އަތޮޅާއި ލ. ހިމެނޭ ސަރަހައްދުގެ ރަށެއްގައި ކަމަށެވެ،

މި މައްސަލައާ ގުޅިގެން އިއްޔެ 35 އަހަރުގެ މީހަކު ހައްޔަރު ކޮށް މިހާރު ވަނީ މައްސަލަ ބަލަން ފަށާފަ އެވެ.

ކުޑަ ކުއްޖަކު ގްރޫމް ކުރުމަކީ ޖިންސީ އަމަލެއް އެ ކުއްޖާއާމެދު ހިންގުމަށްޓަކައި އެ ކުއްޖާއަށް ފައިސާ ނުވަތަ އެ ނޫން ވެސް މާއްދީ އެއްޗެއް ދީގެން އެ ކުއްޖާއާއެކު ޖަޒުބާތީ ގުޅުމެއް ގާއިމްކޮށް، ކުއްޖާގެ އިތުބާރު ހޯދުމަށް މަސައްކަތް ކުރުމެވެ.