މޯލްޑިވްސް ޕޮލިސް ސާވިސް

ތިން ފުލުހަކަށް މަރުގެ އިންޒާރު ދިން މީހަކު ޖަލަށް

Oct 6, 2020

ތިން ފުލުހަކަށް އިންޒާރު ދިން މީހަކު ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފި އެވެ.

މި ހުކުމް މި މަހުގެ ހަތަރު ވަނަ ދުވަހު އައީ ހދ. ކުޅުދުއްފުށީ މަންޒިލް، މުހައްމަދު ވަހީދު އިބްރާހީމް 20، އަށެވެ.

ވަހީދުގެ މައްޗަށް އުފުލީ އިންޒާރު ދިނުމުގެ ކުށުގެ ދައުވާ އެވެ. އެއީ ޑިސެމްބަރު 2019 އިގެ ދުވަހެއްގައި ތިން ފުލުހެއްގެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމުކޮށް އެ ތިން ފުލުހުން މަރަންވީ ކަމަށް ބުނި މައްސަލައަކާ ގުޅިގެނެވެ.

އޭނާގެ މައްޗަށް ޝަރީއަތްކޮށް ކުށް ސާބިތު ވުމުން ކުރި ހުކުމްގައި ބުނެފައި ވަނީ ތަހުގީގާއި ޝަރީއަތުގައި ވަހީދު އިޢުތިރާފުވެފައިކަން އެނގެން އޮތުމުން ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދެ ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ރ) ދަށުން އިންޒާރުދިނުމުގެ ސާބިތުވާ ކަމަށެވެ. އެހެންވެ ހަ މަސް ދުވަހަށް އޭނާ ޖަލަށްލާން ހުކުން ކުރީ ކަމަށެވެ.