ސާދަ އަހަރުގެ ކުޑަ އަންހެން ކުއްޖަކު ގްރޫމްކޮށް ޖިންސީ އަމަލު ހިންގަން އުޅުނު މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.
ފުލުހުން ބުނީ އެކި ދުވަސް މަތީން ޖިންސީ އަމަލު ހިންގަން ހިތްވަރު ދީ އެފަދަ އަމަލު ހިންގަން އުޅުނު މައްސަލަ މިދިއަ ސެޕްޓަމްބަރު މަހުގެ 30 ވަނަ ދުވަހު ފުލުހަށް ހުށަހަޅާފައިވާ ކަމަށާއި އެ ހާދިސާ ހިނގާފައި ވަނީ މެދު އަތޮޅުތަކުގެ ތ. އަތޮޅާއި ލ. ހިމެނޭ ސަރަހައްދުގެ ރަށެއްގައި ކަމަށެވެ،
މި މައްސަލައާ ގުޅިގެން އިއްޔެ 35 އަހަރުގެ މީހަކު ހައްޔަރު ކޮށް މިހާރު ވަނީ މައްސަލަ ބަލަން ފަށާފަ އެވެ. އަދި އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ކުޑަ ކުއްޖަކު ގްރޫމް ކުރުމަކީ ޖިންސީ އަމަލެއް އެ ކުއްޖާއާމެދު ހިންގުމަށްޓަކައި އެ ކުއްޖާއަށް ފައިސާ ނުވަތަ އެ ނޫން ވެސް މާއްދީ އެއްޗެއް ދީގެން އެ ކުއްޖާއާއެކު ޖަޒުބާތީ ގުޅުމެއް ގާއިމްކޮށް، ކުއްޖާގެ އިތުބާރު ހޯދުމަށް މަސައްކަތް ކުރުމެވެ.