ހަބަރު

ހުޅުމާލޭގައި ދެ ޒުވާނެއްގެ ގަޔަށް ވަޅި ޖަހައިފި

Oct 14, 2015

ހުޅުމާލޭގައި މިއަދު އިރުއޮއްސުނު ވަގުތު ދެ ގްރޫޕެއްގެ މެދު ހިނގި މާރާމާރީއެއްގައި ދެ ޒުވާނެއްގެ ގަޔަށް ވަޅި ޒަހަމްކޮށްލައިފި އެވެ.

ޒަހަމްވި އެ ދެ ޒުވާނުންނަށް ހުޅުމާލޭ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ. މިރޭ ޒަހަމްކޮށްލި ދެ މީހުން ވެސް ހޮސްޕިޓަލް ގެންދިޔައިރު ތިބީ ލެއިން ފޯވެފައެވެ.

އެނގިފައިވާ ގޮތުގައި މިއަދު ވަޅި ހެރުމުގެ ހާދިސާ އައީ ދެ ގްރޫޕެއްގެ މެދުގައި ދެ ފަހަރެއްގެ މަތިން މާރާމާރީ ހިންގުމަށްފަހު ތިންވަން ފަަރަށް ކުރިމަތިލުމުގެ ތެރޭގަ އެވެ.

ފުލުހުން ބުނީ އެ ދެ ޒުވާނުންނަށް ހަމަލާދީފައި ވަނީ ތޫނު އެއްޗަކުން ކަމަށެވެ. ވަޅި ޖަހާފައި ވަނީ 29 ނަމްބަރު ފްލެޓް ކައިރީގައި ހިންގި ގްރޫޕް މާރާމާރީއެއްގައި ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ ޒުވާނުންނަށް މިހާރު އަންނަނީ ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެހެން ނަމަވެސް މިރޭ 6:30 އެހާކަންހާއިރު ދިން ހަމަލާގައި އެ ޒުވާނުންނަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް އަދި ނޭނގެ އެވެ.

ފުލުހުން މި މައްސަލަ ބަލަމުން ދިޔަ ނަމަވެސް އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.