ހަބަރު

މެންބަރު ޔާމީންގެ ލޯންޗެއް ފުލުހުން ހުއްޓުވައި ފާސްކޮށްފި

Oct 15, 2015
3

ރައްޔިތުން މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ރަޝީދުގެ ސްޕީޑް ލޯންޗެއް އާދަޔާހިލާފު ބާރު ސުޕީޑްގައި ދުއްވަނިކޮށް ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ މިރޭ 9:20 އެހާކަންހާއިރު މާލެ ކައިރީ ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް ލޯންޗެއް ގެންގޮސް ބަލައި ފާސްކޮށްފައިވާ ކަމަށާއި އެ ލޯން ފާސް ކުރި އިރު ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ހުރި އިރު ލޯންް ދުއްވަން ހުރީވެސް ކަނޑު އުޅަނދުގެ ލައިސަންސް އޮތް މީހެއް ނޫން ކަމަށެވެ. އިތުރު ތަފުސީލެއް ނުދެ އެވެ.

އަވަސް އަށް ކަށަވަރުވެފައިވާ ގޮތުގައި ފުލުހުން ހުއްޓުވި ލޯންޗަކީ މެންބަރު ޔާމީން ރަޝީދުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ލޯންޗެކެވެ. އެ ލޯންޗް ހުއްޓުވި އިރު އޭގައި ތިބީ ކޮންބައެއް ކަމެއް ވެސް އަދި ކިތައް މީހުން ކަމެއް ވެސް ސާފެއް ނުވެ އެވެ.

މެންބަރުން ޔާމީންގެ ލޯންޗެއް ފުލުހުން ހިފެެހެއްޓި ނަމަވެސް ޔާމީން މިރޭ ވަނީ އެކަން ދޮގު ކުރައްވާފަ އެވެ.