ހަބަރު

ގަލްފް ކްރާފްޓް ހާމިދުގެ ގެއަށް ވަންނަން ފުލުހުން ހިނގައްޖެ

Oct 15, 2015
6

މ. ޝުރާ މަންޒިލަށް ކޯޓު އަމުރެއްގެ ދަށުން ވަނުމަށް، ފުލުހުން އެ ގެ ކައިރިއަށް މިރޭ ހިނގައްޖެ އެވެ.

ޝުރާ މަންޒިލްއަކީ ނައިބު ރައީސް އަހުމަދު އަދީބުގެ ބޭބެ، ގަލްފް ކްރާފްޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ހާމިދު އިސްމާއިލް ދިރިއުޅުއްވާގެ އެވެ،

ފުލުހުން އެގޭގެ ކައިރިއަށް ދިޔަ ނަމަވެސް ކޯޓު އަމުރު އޮތް ގޮތުން ފުލުހުންނަށް އަދިވަނީ އެގެއަށް ވަދެވޭ ގޮތް ނުވެފައެވެ. އެގެއަށް ވަނުމަށް ފުުލުހުން މިރޭ ގޮސްފައި ވަނީ ދަންވަރު 1:30 އެހާކަންހާއިރު އެވެ.

އެނގިފައިވާ ގޮތުގައި ކުރިން ނައިބު ރައީސް އަހުމަދު އަދީބުވެސް ދިރިއުޅުއްވި އެގެއަށް ފުލުހުންނަށް ވަދެވޭ ގޮތް ނުވީ އެގޭގައި ކުއްޔަށް މީހުން އުޅޭ ބައިތައް ވެސް ހުރުމުން ކޯޓް އަމުރު ބަދަލު ކުރަން ޖެހިގެނެވެ. އަދި ފުލުހުން ވަނީ އަމުރު ބަދަލު ކުރުމަށް ގޮހެވެ.

މިރޭ ސުރާ މަންޒިލްއަށް ވަންނަން ފުލުހުން މަސައްކަތް ކުރާއިރު އަދީބުގެ އެކުވެރި އަދި އެމްއެމްޕީއާރްސް އެސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ދިރިއުޅުއްވާ ހ. ހިޔާކޯޅިއަށް ވެސް ވަދެ އޭނާގެ އެޕާޓްމަންޓް ބަލައި ފާސްކޮށް ބައެއް ތަކެތި ގެންގޮސްފަ އެވެ.