ބަރުލަމާނީ ނިޒާމް

"ނިޒާމް ބަދަލު ކުރުމުން މަޖިލިސް ވާނީ ބަކަރި ބާޒާރަކަށް"

Oct 14, 2020
4
މަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ޝަރީފް
0%
0%
0%

ވެރިކަމުގެ ނިޒާމް މިހާރު އޮތް ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކޮށްލައިފި ނަމަ ގެރި ބަކަރި ވިއްކާ ބާޒާރަކަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ބަދަލު ވެގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް މަޖިލިހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ މެންބަރު، ޝަރީފް އެގޮތަށް ވިދާޅުވީ ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރާ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަ ބިލް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށް ފުރަތަމަ ކިއުން އިއްވުމުންނެވެ.

ޝަރީފާއެކު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވަނީ އެކަމަށް ފާޑު ވިދާޅުވެފަ އެވެ. ރޮޒައިނާ ވިދާޅުވީ އެކަށީގެންވާ ގޮތެއްގައި ބަރުލަމާނީ ނިޒާމެއް ހިންގިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެހެން ބައެއް މެންބަރުން ވެސް އެކަމާ ދެކޮޅެވެ.

އިބްރާހިމް ޝަރީފުގެ ޓްވީޓް

ވެރިކަމުގެ ނިޒާމް ބަދަލު ކުރަން މަޖިލީހަށް ބިލު ހުށަހެޅުއްވެވީ ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ. ވެރިކަމުގެ ނިޒާމް ބަދަލު ކުރަން އެން ބޮޑަށް މަސައްކަތް ކުުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

ޖާބިރުގެ ބިލުގައި ވެރިކަން ހިންގުމުގެ ބާރު ބޮޑުވަޒީރަށް ލިބިދޭ ގޮތަށް ހަމަޖެއްސުމުގެ އިތުރުން، ބޮޑު ވަޒީރަކަށް ވާނީ ރައްޔިތުންގެ މަޖިލީހުގައި މެޖޯރިޓީ ހޯދާ ޕާޓީގެ ލީޑަރު ކަމަށް ބަޔާން ކޮށްފައިވުން ފަދަ ގިނަ ކަންކަން ހިމަނާފައި ވެއެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345