ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އައިޖީއެމްއެޗުން މެދުކަނޑާލި ހިދުމަތްތައް ފަށަނީ

މާލޭގައި އިންޑިއާއިން އަޅައިދިން، ދިވެހި ސަރުކާރު ހޮސްޕިޓަލް، އައިޖީއެމްއެޗުން ދެމުން ގެންދިޔަ ގިނަ ހިދުމަތްތައް ކޮވިޑް-19 އާ ގުޅިގެން މެދުކަނޑާލާފައި އޮތުމަށް ފަހު އަލުން ފަށަން ނިންމައިފި އެވެ. -- މާލޭގައި ހުންނަ ދަރުމަވަންތަ ހޮސްޕިޓަލް (ޑީއެޗް) އަކީ ދިވެހި ދައުލަތުގެ ހަރަދުގައި އެޅި 25 ބުރީގެ ހޮސްޕިޓަލެކެވެ.

އައިޖީއެމްއެޗުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑާއެކު ރައްކާތެރިކަމުގެ ގޮތުން އެޅި ފިޔަވަޅުތަކަށް ލުއި ގެނެސް، އަންނަ ހޯމައިން ފެށިގެން އޯޕީޑީ އާއި އިތުރު ބައެއް ހިދުމަތްތައް އަލުން ފަށަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން، އޯޕީޑީގެ ހިދުމަތާއި، ޓެލެފިޒިއޯ ކްލިނިކްތަކާއި ސްޕީޗް ތެރަޕީ ކްލިނިކްތަކާއި ޑައިބެޓިކްސް ކްލިނިކުން ދެމުން ދިޔަ ހިދުމަތްތައް ހެނދުނު 9:00 އިން ހަވިރު 4:00 އަށް ކުރިއަށް ގެންދާނެ އެވެ. މީގެ ތެރޭގައި އޮންލައިން ކޮށް ކުރިއަށްގެންދާ ކޮންސަލްޓޭޝަންތައް ވެސް ހިމެނެ އެވެ. ކްލިނިކްތަކުގެ ހިދުމަތްތައް ދެނީ، ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގަ އެވެ. އޯޕީޑީގެ ހިދުމަތް ކޮންމެ ދުވަހަކު ދޭނެ އެވެ.

ލެބޯޓަރީ ޓެސްޓުތަކާއި ރޭޑިއޮލޮޖީ ޑިޕާޓުމަންޓުގެ ހިދުމަތްތައް ވެސް ކުރިއެކޭ އެއްގޮތަށް ދޭނެ އެވެ. ނަމަވެސް، އަދިވެސް ބަލި މީހުންނަށް ޒިޔާރަތްކުރާ ވަގުތުުތައް ހުއްޓާލުމާއި އެޑްމިޓްކޮށްފައިވާ ބަލިމީހާ ކައިރީ މަޑު ކުރެވޭނީ އެންމެ މީހަކަށެވެ. އަދި ކުޑަކުދިން ހޮސްޕިޓަލަށް ނުގެންދިއުމަށާއި ހޮސްޕިޓަލަށް ވަންނަ މީހުން ހުމަށް ސްކްރީން ކުރުން ވެސް ކުރިއަށްގެންދާނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން އައިޖީއެމްއެޗުގެ ގިނަ ހިދުމަތްތައް ދެމުން ގެންދިޔައީ އޮންލައިން ކޮށެވެ. މީގެ ތެރޭގައި އޯޕީޑީ ފިޔަވާ ކްލިނިކްތަކުން ދޭ ހާއްސަ ފަރުވާތައް ހިމެނެ އެވެ.