އެމްޓީސީސީ

ދެ ބަނދަރެއްގެ މަސައްކަތު އަޕްޑޭޓް ދީފި

Oct 21, 2020

ދެ އަތޮޅެއްގެ ދެ ރަށެއްގެ ބަނދަރުގެ މަސައްކަތް ގޮސްފައިވާ ގޮތުގެ ތަފުސީލު އެ މަސައްކަތް ކުރާ އެމްޓީސީސީން ދީފި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ އެމްޓީސީސީން މިއަދު ޓްވިޓާ މެދުވެރިކޮށް އަޕްޑޭޓް ކޮށްދީފައި ވަނީ ވ. ރަކީދޫ ބަނދަރާއި މ. ވޭވަށު ބަނދަރުގެ މަސައްކަތެވެ.

އެމްޓީސީސީން ބުނާ ގޮތުން ރަކީދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ 58 ޕަސެންޓް ނިމިއްޖެ އެވެ. އެ މަޝްރޫއުގެ ތެރެއިން އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތަކުގެ 50 ޕަސެންޓް ވެސް ނިމިއްޖެ އެވެ.

ވޭވަށު ބަނދަރުގެ މަސައްކަތުގެ 45 ޕަސެންޓް ވެސް ވަނީ ނިމިފަ އެވެ. އެ ރަށުގައި އެއްގަމުތޮށި ލާން ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތުން ވެސް 66 ޕަސެންޓް ވަނީ ނިމިފަ އެވެ.

އެމްޓީސީސީން ކުރާ މަސައްކަތްތަކުގެ މިކަހަލަ ކުދި ތަފްސީލްތަކެއް ކޮންމެ ދުވަހަކު ވެސް ފޮޓޯއާއެކު ޓްވިޓާއަށްލަ އެވެ.