މޯލްޑިވްސް ޕޮލިސް ސާވިސް

ޓޫރިޒަމް އިވެންޓްގައި ބަރަހަނާ މަންޒަރު އެޅުވި މައްސަލަ ބަލަން ފަށައިފި

ޒޫމް މެދުވެރިކޮށް މިއަދު ބޭއްވި ހއ. އުލިގަން ޓޫރިޒަމް މަޝްރޫއުގެ ޕްރީބިޑް މީޓިންގައި ބައިވެރިވި މީހަކު ބަރަހަނާ މަންޒަރު އެޅުވި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އާއްމުކޮށް ޕަބްލިކަށް ހުޅުވާލައިގެން ބޭއްވި ބައްދަލުވުމުގައި ބައިވެރިވި މީހަކު ބަރަހަނާ ވީޑިއޯ އާއި ފޮޓޯތަކެއް އެޅުވި ކަމަށެވެ. އަދި ވަގުތުން ޓޫރިޒަމް މިނިސްޓްރީގެ ޓީމުން މީޓިން ކެންސަލްކޮށް، އެ މަންޒަރުތައް ރިމޫކޮށް އަލުން ބާއްވާފައިވާ ކަމަށެވެ. އެ ފަދަ ޓޫރިޒަމުން ވަނީ ފުލުހަށް ހުށައަޅާފައެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

އެނގިފައިވާ ގޮތުގައި ބޭރުގެ ބައެއް އިންވެސްޓަރުންނާއި އާއްމުން ބައިވެރި މި ބައްދަލުވުމުގައި ބަރަހަނާ މަންޒަރު ތަކެއް އަޅުވާފައިވަނީ "ނިޔާޒު" ގެ ނަމުގައި ޒޫމް އަށް ވަތް މީހެކެވެ. މިއީ އިވެންޓް ހުއްޓުވުމަށް ކުރި ކަމެއް ކަމަށް ބެލެވޭ ކަމަށް ޓޫރިޒަމުން ބުންޏެވެ.