މަރު

މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު މޫދުން ފެނިއްޖެ

Oct 23, 2020

އައިޖީއެމްއެޗާއި ދިމާ މޫދުގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

ފުލުހުން ބުނީ އައިޖީއެމްއެޗް އާއި ދިމާ ބޭރު، މޫދުތެރޭގައި މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އޮތް ކަމަށް މިއަދު ހެނދުނު 10:40 ހާއިރު ފުލުހުންނަށް ބަޔަކު އަންގާފައިވާ ކަމަށެވެ. އަދި ގޮސް ބެލި އިރު އެއީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެ މީހާގެ ހަށިގަނޑު މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ. އަދި މަރުގެ އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ވަނީ ބަލަން ފަށާފަ އެވެ.