ހަބަރު

އުކުޅަހާއި ދުވާފަރުން ޑްރަގު އަތުލައިފި

ދެ ރަށަކަށް ގެންދަން އުޅުނު މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ފުލުހުން އަތުލައިފި އެވެ.

ތުހުމަތު ވެގެން ފުލުހުން އޮޕަރޭޝަންތަކެއް ހިންގާފައި ވަނީ އއ. އުކުޅަހާއި ރ. ދުވާފަރުގަ އެވެ.

އުކުޅަހު ބަނދަރު މަތިން ދިވެހި ފިރިހެނަކު ހުއްޓުވައި ބަލައި ފާސް ކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އިއްޔެގެ އެ އޮޕަރޭޝަނުގައި އަތުލައިގަތް މީހާ ހައްޔަރެއް ނުކުރެ އެވެ.

ދުވާފަރު ގައި ހިންގި އޮޕަރޭޝަނުގައި 18 އަހަރާއި، 20 ދެ ޒުވާނަކު ހައްޔަރު ކޮށްފައިވެ އެވެ. އެއީ ވެސް ދިވެހިންނެވެ. އެ ދެމީހުން ބަލައި ފާސް ކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި ފަސް ޕެކެޓް އަތުލި އެވެ.

ދުވާފަރުން ހައްޔަރުކުރި ދެމީހުންގެ އުނގޫފާރުގެ ކޯޓަށް ގެންދިއުމުނބް ގޭ ބަންދުގައި ބޭތިއްބަން ފަސް ދުވަސް ދީފައި ވެއެވެ.