އުރީދޫ

އުރީދޫ ސުޕަނެޓް ހޯރަފުއްޓަށް

އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ހއ. ހޯރަފުއްޓަށް ތައާރަފްކޮށްފި އެވެ.

އުރީދޫއިން ބުނީ 100 އެމްބީޕީއެސްގެ ހަލުވި ސްޕީޑާއެކު އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް ތައާރަފުކޮށް ހޯރަފުށީ ރައްޔިތުންނަށް އިންޓަނެޓްގެ ހިދުމަތް އިތުރު ފުރިހަމަކަމާއެކު ބޭނުން ކުރުމުގެ ފުރުސަތު ދެވުމަކީ، ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

މި އަހަރު ތެރޭގައި މިހާތަނަށް 6 ރަށަކަށް ވަނީ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް ދީފައި ކަމަށް އުރީދޫން ބުންޏެވެ. އަދި، ސުޕަނެޓްގެ ޕެކޭޖްތަކައް ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައިވާ ކަމަށާއި ބަދަލުގެ ދަށުން ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާއެކު %68 އާއި ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އުރީދޫން ބުނީ މި ހިދުމަތް ހޯދުމަށާއި ޕެކޭޖްތަކާ ބެހޭ މައުލޫމާތު ވެބްސައިޓުން ލިބޭނެ ކަމަށެވެ.