ހަބަރު

ޕާސްޕޯޓް ހިފަހައްޓައި ޕޮލިހަށް ހާޒިރުވާން ޒިޔަތަށް ޗިޓްދީފި

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ މެނޭޖިން ޑައިރެކްޓަރު އަބްދުﷲ ޒިޔަތުގެ ޕާސްޕޯސްޓް ހިފަަހައްޓައި އޭނާ ފުުހަށް ހާޒިރު ވާން ޗިޓް ފޮނުވައިފި އެވެ. ނައިބު ރައީސް އަހުމަދު އަދީބާ ގާތް ގުޅުމެއް އޮންނަ ޒިޔަތުގެ ޕާސްޕޯސްޓް މިއަދު ހިފައްޓައި އޭނާ ފުލުހަށް ހާޒިވާން ޗިޓް ފޮނުވިކަން އަވަސް އަށް ވަނީ ކަށަވަރުވެފައެވެ. ޗިޓް ފޮނުވައި ޕާސްޕޯޓް ހިފެއްޓީ މިއަދު އެވެ.

ނަމަވެސް ފުލުހުން ބުނީ "މިރޭ ފުލުހަށް ހާޒިރުވާން ޒިޔަތަށް ޗިޓެއް ނުފޮނުވާ" ކަމަށެވެ. ނަމަވެސް ފުލުހަށް ހާޒިރުވާން ޗިޓް ނުފޮނުވާ ކަމަކަށް ފުލުސް އިދާރާއިން މައުލޫމާތު ދެއްވި އޮފިޝަލު ވިދާޅެއް ނުވެއެވެ. -- ޒިޔަތު ޕޮލިހަށް ހާޒިރުވާން ޖެހެނީ މާދަމާ އެވެ.--

ޕާސްޕޯޓާ ހިފެހެއްޓުމާ ގުޅިގެން ވިދާޅުވީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ޕާސްޕޯޓް ހިފަހައްޓަންޖެހޭ ބައެއް މީހުންގެ ޕާސްޕޯޓް މިހާރު ހިފަހައްޓާފައިވާނެ ކަމަށެވެ.

ޒިޔަތުގެ ޕާސްޕޯޓް ހިފަހައްޓައި ފުުލުހަށް ހާޒިރުވާން ޗިޓް ހަވާލު ކުރި އިރު މިދިއަ ބުދަ ދުވަހުގެ ރޭ ވަނީ އޭނާ ދިރިއުުއްވާ ހ. ހިޔާކޯޅި އަށް ފުުލުހުން ވަދެ ބަލައި ފާސްކޮށް ބައެއް ތަކެތި ގެންގޮސްފައެވެ. އަދި އޭނާގެ ބެލުމުގެ ދަށުގައި ހިނގަމުން އަންނަ އެމްއެމްޕީއާރްސީއަށް ފުުލުހުންނާއި ސިފައިން ވަދެ ރޭ ވަނީ އެ އޮފީސް ވެސް ފާސްކޮށް ބައެއް ތަކެތި ގެންގޮސްފައެވެ.

އެނގިފައިވާ ގޮތުގައި ޒިޔަތު ދިރިއުޅުއްވާ ގެ އާއި އޭނާގެ ބެލުމުގެ ދަށުގައި އޮންނަ އެމްއެމްޕީއާރްސީ ބަލައި ފާސްކޮށް ޕާސްޕޯސްޓް ހިފަހައްޓާ ފުުލުހަށް ހާޒިރުވާން އެންގީ މިދިއަ މަހުގެ 28 ވަނަ ދުވަހު ރައީސުލް ޖުމްހޫރިއްޔާގެ ރަސްމީ ލޯންޗުކޮޅުގައި އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ފަށާފައިވާ ތަހުގީގާ ގުޅިގެނެވެ. ނަމަވެސް ފުލުހުން ވަކި ސަބަބެއް ނުބުނެ އެވެ.