ފޭރުން

ރޫޓް ފޭރުމުގައި ބައިވެރިވި އިތުރު ތިން މީހަކު ހައްޔަރުކޮށްފި

ރޫޓް ފިހާރައިގެ ހަތަރު މިލިއަނަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލާގައި އަމަލީގޮތުން ބައިވެރިވިކަމަށް ތުހުމަތުކުރެވޭ މީހުން: އެ މީހުންނަކީ ކުށުގެ ރެކޯޑް އޮތް ބައެއް -- ފޮޓޯ: ޕޮލިސް
0%
0%
0%

ރޫޓް ފިހާރައިގެ ހަތަރު މިލިއަނަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލާއާ ގުޅިގެން އިތުރު ތިން މީހަކު ހައްޔަރުކޮށްފި އެވެ. ފޭރުމުގައި އަމަލީގޮތުން ބައިވެރިވިކަމަށް ތުހުމަތުކުރެވޭ ހަތަރު މީހަކު ކުރިން ވަނީ ހައްޔަރުކޮށްފައެވެ. އަދި އެ މީހުންގެ ވަނަވަރު ވެސް ވަނީ އާންމުކޮށްފައެވެ.

ފުލުހުން މިއަދު ބުނީ ރޫޓް ފިހާރައިގެ ހަތަރު މިލިއަނަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލާއާ ގުޅިގެން އިތުރު ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ 20 އަހަރުގެ މީހަކާއި 21 އަަހަރުގެ މީހަކާއި 30 އަހަރުގެ މީހެކެވެ. އެއީ ދިވެހި ފިރިހެނުންނެވެ. އެ މީހުންގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައެވެ.

ރޫޓުގެ ފައިސާތަކެއް ބެންކް އޮފް ސިލޯނަށް ޖަމާ ކުރަން ގެންދިޔަ މަގުމަތީގައި ބަޔަކު ފޭރެން ހަމަލާއެއް ދިނީ މި ހަފުތާގެ އާދީއްތާ ދުވަހު އެވެ. ހެލްމެޓު އެޅި ހަތަރު މީހަކު ގޮސް އެ ފައިސާތައް ފޭރެން މަސައްކަތް ކުރި ނަމަވެސް، އެ ކަން ހުއްޓުވީ، އެ ވަގުތު އެތާނގައި ތިބި މުވައްޒަފުންނާއި ބޭންކުގެ ސެކިއުރިޓީ އެވެ.

ރޫޓުގެ އޮފިޝަލެއް މީގެ ކުރިން ބުނި ގޮތުގައި، އެ ފައިސާތަކުގެ އަދަަދު 4.5 މިލިއަނަށް އަރާނެ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ހަތަރު ޒުވާނެއްގެ ފޮޓޯ އާންމުކޮށްފައެވެ. އެއީ ވ. ޕިންކްވިލާ، އަހްމަދު އަމީރު (20އ) އާއި ގއ. ވިލިނގިލި/ކަނީރުމާގެ، މުހައްމަދު މުސްއަބު ޒުބައިރު (23އ) އާއި ދަފްތަރު ނަންބަރު 3678، ހުސައިން އަބްދުލް މަޖީދު (22އ) އާއި ލ. ގަން، ތުނޑި. ކީމިޔާގެ، އަބްދުﷲ ރާޝިދު (27އ) އެވެ. ފުލުހުން ބުނީ ރޫޓް ފިހާރައިގެ ހަތަރު މިލިއަނަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލާގައި އަމަލީގޮތުން ބައިވެރިވިކަމަށް ތުހުމަތުކުރެވެނީ އެ ހަތަރު މީހުން ކަމަށެވެ.

މިހަތަރު މީހުންނަކީވެސް ވައްކަމާއި، ތޫނު ހަތިޔާރުން ހަމަލާދީ ފޭރުމާއި، މާރާމާރީ އަދި މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑްސް އޮންނަ މީހުން ކަމަށްވެސް ބުންޏެވެ. އަދި އެ މީހުންގެ ބަންދަށް ކޯޓުން 15 ދުވަސް ވަނީ ޖަހައިދީފައެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345