ހަބަރު

އާސަންދައަށް ކުރި ހޭދަ 900 މިލިއަން ރުފިޔާއަށްވުރެ މަތީގައި

ކުޅުދުއްފުށީގައި ގާއިމް ކޮށްފައިވާ އާސަންދަ ނޮދާން ރީޖަނަލް ހޮސްޕޮޓަލް ހުޅުވަނީ -- ފޮޓޯ: އަވަސް
0%
0%
100%

ގައުމީ ބޭސް ފަރުވާގެ ސްކީމް އާސަންދައަށް މިހާތަނަށް ކުރި ހޭދަ 900 މިލިއަން ރުފިޔާއަށްވުރެ މަތި ވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި ހަފުތާގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހުގެ 29 ގެ ނިޔަލަށް އާސަންދައިން 906.9 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އާސަންދައިން ހޭދަކޮށްފައިވަނީ 913.2 މިލިއަން ރުފިޔާ އެވެ. މި އަހަރު އާސަންދައިން ހޭދަ ކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 950.8 މިލިއަން ރުފިޔާ އެވެ.

އާސަންދައިގެ ހޭދަ މަދުވެފައިވަނީ ބެލެވޭ ގޮތުގައި ރާއްޖޭން ބޭރުން ބޭސް ފަރުވާ ކުރި މީހުންގެ އަދަދު މަދުވުމުންނެވެ. ބޭރުން ބޭސް ފަރުވާ ކުރި މީހުންގެ އަދަދު މި އަހަރު މަދުވެފައިވަނީ ކޮވިޑް-19 ގެ ސަބަބުން މާޗް މަހުން ފެށިގެން ލޮކްޑައުން ކޮށްފައިވުމުން ބޭރަށް ދިއުމުގައި ދިމާވި ދަތިކަމުގެ ސަބަބުން ކަމަށް ބެލެވެ އެވެ.

އާސަންދަ ސްކީމުން ކުރި ހޭދަ މަތިވެފައިވާއިރު، މި އަހަރުގެ މިހާތަނަށް ސަބްސިޑީގެ ގޮތުގައި ވެސް 998.3 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. ނަމަވެސް މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަވެފައިވާ އެއް ބިލިއަން ރުފިޔާއާ އަޅާ ބަލާއިރު ދަށް އަދަދެކެވެ. މި އަހަރު ސަބްސިޑީގެ ގޮތުގައި ދޭން ހިމަނާފައިވަނީ އެއް ބިލިއަން ރުފިޔާ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345