ދައުލަތުގެ ދަރަނި

ރާއްޖޭން 17 ބުރެގެ މަތިން މިއަހަރު ލޯނު ނަގައިފި

މި އަހަރުގެ މިހާތަނަށް ރާއްޖޭން 17 ފަހަރަށް އެކިއެކި އިންޓަނޭޝަނަލް އެޖެންސީ ތަކުން ލޯނު ނަގާފައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި ދަރަނީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭން މި އަހަރު ބޭރުގެ އެޖެންސީތަކާއި ސަރުކާރުތައް ހިމެނޭ ގޮތަށް 10 ފަރާތަކުން ލޯނު ވަނީ ނަގާފަ އެވެ. މި ލޯނުތަކުގެ ތެރެއިން އެންމެ ގިނަ ލޯނު ނަގާފައި ވަނީ އިންޓަނޭޝަނަލް ޑިވްލޮޕްމަންޓް އެސޯސިއޭޝަންގެ ފަރާތުންނެވެ.

މި އަހަރު ސަރުކާރުން ލޯނު ނެގި ފަރާތްތައް

  • އޯޕެކް ފަންޑު ފޯ އިންޓަނޭޝަނަލް ޑިވްލޮޕްމަންޓް (އޯޕެކް): 2
  • އިންޓަނޭޝަނަލް ޑިވްލޮޕްމަންޓް އެސޯސިއޭޝަން: 3
  • އިސްލާމިކް ޑިވްލޮޕްމަންޓް ބޭންކް (އައިޑީބީ): 2
  • ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް: 1
  • އޭޝިއަން ޑިވްލޮޕްމަންޓް ބޭންކް (އޭޑީބީ): 2
  • ސައުދީ ފަންޑް ފޯ ޑިވްލޮޕްމަންޓް: 2
  • އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އައިއިއައިބީ): 2
  • އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗާ ޑިވްލޮޕްމަންޓް (އޮފިޑް): 2
  • ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ): 1
  • ދަ އެކްސްޕޯޓް އިންޕޯޓް ބޭންކް އޮފް އިންޑިއާ: 1

ފިނޭންސުން އާއްމުކުރި މައުލޫމާތުތަކަށް ބަލާއިރު ކޮވިޑް-19 ގެ މި ހާލަތާ ގުޅިގެން އަށް ފަރާތަކުން ވަނީ ރާއްޖެއަށް ލޯނު ދީފަ އެވެ. އަދި މިހާތަނަށް އެންމެ ބޮޑު ލޯނެއް ދީފައިވަނީ އިންޑިއާއިންނެވެ. "ތިލަ-މާލެ" ބްރިޖު މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި އިންޑިއަން އެގްޒިމް ބޭންކް އިން ދީފައިވާ 400 މިލިއަން ޑޮލަރުގެ ލޯނަކީ މި ފަހުގެ ތާރީހުގެ ނެގި އެންމެ ބޮޑު ލޯނެކެވެ. މި ލޯނު ދައްކަން 20 އަހަރު ލިބޭއިރު ލޯނުގެ އިންޓްރެސްޓް ރޭޓްއަކީ 1.75 ޕަސެންޓެވެ.