ގޮތް ނޭނގޭ އެއްޗެއް ޕާކިން ޒޯނެއްގައި އޮތް ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވެއްޖެ އެވެ.
ފުލުހުން ބުނީ އެމްޑަބްލިއުއެސްސީ ކައިރީގައި ހުންނަ ޕާކީ ޒީންގައި ރޭ ހަރަކާތްތެރިވެފައިވަނީ ގޮތްނޭނގޭ އެއްޗެއް އޮތް ކަމުގެ މައުލޫމާތު ލިބިގެން ކަމަށެވެ. އެކަމަކު އެއީ ނުރައްކާތެރި އެއްޗެއް ނޫން ކަން މިހާރު ވަނީ ކަށަވަރު ކުރެވިފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ރޭ ފުލުހުންނާއި ސިފައިން އެ ޕާކިން ޒޯންގައި ހަރަކާތްތެރިވެފައިވަނީ ޓެރަރިޒަމް ހަމަލާއެއް ދޭންވެގެން ބަޔަކު އެތާނގައި ގޮވާ ޒާތުގެ އެއްޗެއް ބާއްވާފައި އޮތް ކަމުގެ މައުލޫމާތު ލިބިގެންނެވެ.
ފުލުހުން ވަނީ ޓެރަރިޒަމްގެ އަމަލެއް ހުއްޓުވައި މާލެ އާއި މާލެ އަތޮޅުގެ ކަނޑުމަތީގައްޔާއި ތ. ތިމަރަފުށީގައި ހާއްސަ އޮޕަރޭޗަނެއް ހިންގާފަ އެވެ. މި އޮޕަރޭޝަނުގައި ފުލުހުން ވަނީ ހަ މީހަކު ހައްޔަރު ކޮށްފަ އެވެ.