މޯލްޑިވްސް ޕޮލިސް ސާވިސް

ޓެރަރިޒަމް އޮޕަރޭޝަންގައި ހައްޔަރުކުރި މީހުން ބަންދަށް

ޓެރަރިޒަމްގެ އަމަލާ ގުޅިގެން ހައްޔަރުކުރި ހަ މީހުންގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.

ފުލުހުން ވަނީ ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަ ކަމަށް ތުހުމަތު ކުރެވޭ ޓެރަރިރަޒަމްގެ އަމަލެއްގެ މައުލޫމާތު އިންޓަލިޖަންސަށް ލިބިގެން އެކަން ހުއްޓުވާ އެ އަމަލު ހިންގަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ ބަޔަކު ހައްޔަރު ކޮށްފައެވެ.

ހައްޔަރުކުރީ ހަ މީހެކެވެ. އެއީ ތ. ތިމަރަފުށިން ހައްޔަރު ކުރީ ދެ މީހަކާއި މާލެއިން ހައްޔަރުުކުރި މީހެއް އަދި މާލެ އަތޮޅު ކަނޑުގެ ސަރަހައްދުން މަސް ދޯންޏަކުން ހައްޔަރުކުރި ތިން މީހުންނެވެ. އެއީ 31 އަހަރުގެ މީހަކާއި 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރާއި 18 އަދި 34 އަހަރުގެ މީހެކެވެ. މި އެންމެންނަކީ ދިވެހި ފިރިހެނުންނެވެ.

ފުލުހުން ބުނީ އެ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ދީފައިވާ ކަމަށެވެ. 31 އަހަރާއި 20 އަހަރާއި 21 އަހަރު އަދި 29 އަހަރާއި 34 އަހަރުގެ މީހާގެ ބަންދަށް ޖެހީ 15 ދުވަހެވެ. 18 އަހަރުގެ މީހާގެ ބަންދަށް ދިނީ ފަސް ދުވަހެވެ.

ފުުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ މައްސަލައާއި ގުޅިގެން ފުލުހުން އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ. ފުލުހުން ބުނީ މި އޮޕަރޭޝަން ކުރިއަށް ގެންދަނީ މާލެ އާއި މާލެ އަތޮޅު ކަނޑުމަތީ އަދި ތ. ތިމަރަފުށީގައި ކަމަށެވެ.