ފޭރުން

ފުލުހުންނަށް ހެދިގެން ގޮސް ފޭރުނު މައްސަލާގައި މީހަކު ހައްޔަރުކޮށްފި

ފުލުހުންގެ އިންޓެލިޖެންސް ބައެއް ކަމަށް ބުނެ ބަޔަކަށް ބިރު ދައްކާ ފޭރުނު މައްސަލައިގެ ތުހުމަތަށް މީހަކު ހައްޔަރުކޮށްފި އެވެ.

މަޖީދީމަގުގައި ހިންގަމުންދާ "ފަރިވާ ސްޓޭ" އަށް ބަޔަކު ވަދެ ވަނީ ފޭރިފައެވެ. އެ ތަނަށް ތިން މީހަކު ވަދެ އެ ވަގުތު ޑިއުޓީގައި ތިބި ތިން މުވައްޒިފުންގެ އަތުގައި ކޭބަލް ކްލިޕް އަޅުވާ ބިރުދައްކާފައިވެއެވެ. އަދި އެމީހުންނަކީ ފުލުހުން ކަމަށް ބުނެފައިވެއެވެ. އޭގެ ފަހުން އެ ތަނުން އެ މީހުން ދިޔަައީ ފިހާރައިން ބައެއް ތަކެތި ފޭރިގަނެގެންނެވެ.

ފުލުހުން މިއަދު ބުނީ މި މައްސަަލައާ ގުޅިގެން 42 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ ދިވެއްސެކެވެ. އޭނާގެ ބަންދަަށް 15 ދުވަސް ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.