ހަބަރު

ބީއެމްއެލްގެ ހިދުމަތްތަކަށް ބުރޫ އަރައިފި

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިންޓަނެޓް ބޭންކިން އާއި ޕީއޯއެސް މެޝިން ތަކުގެ ހިދުމަތަށް ބުރޫ އަރައިފި އެވެ.

މިއަދު މެންދުރުން ފެށިގެން ބެންކުގެ ޕީއޯއެސް މެޝިންތަކާއި އިންޓަނެޓް ބޭންކިން އިން ދޭ ހިދުމަތްތައް ބޭނުމެއް ނުކުރެވެ އެވެ. މިކަމާ ގުޅިގެން ބައެއް ފިހާރަތަކާއި ރެސްޓޯރަންޓުތަކުގެ ހިދުމަތްތައް ވެސް ވަނީ ހުއްޓިފަ އެވެ. އޭގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް ވަނީ ދައްޗާ ކުރިމަތިވެފަ އެވެ.

ގައުމީ ބޭންކުން މިއަދު ބުނީ، ޓެކްނިކަލް މައްސަލަ އެއް ދިމާވުމާ ގުޅިގެން އެ ބޭންކްގެ ހިދުމަތްތަކަށް ބުރޫ އަރާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހައްލު ކުރުމަށް ބެންކުގެ ފަންނީ މުވައްޒަފުން މިހާރު މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.