ރާއްޖެ ކުޅިވަރު

ނިއުގެ އެސިސްޓެންޓް ކޯޗުކަން ސަމްޕަތާއި ފަރީދަށް

ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ އެސިސްޓެންޓް ކޯޗުންނަށް އެކުލަބުގެ ކުރީގެ ދެ ކުޅުންތެރިން ކަމަށްވާ އަޝްރަފް ލުތުފީ (ސަމްޕަތު) އާއި ފަރީދު މުހައްމަދު ހަމަޖައްސައިފި އެވެ.

ޕްރެޒިޑެންޓްސް ކަޕަށް ފަހު ކޯޗުކަމުން ސޮބާހް މުހައްމަދު ވަކިކޮށް، ކޯޗަކަށް ހަމަޖެއްސި ނިކޮލާ ކަވްޒޮވިޗްގެ އެހީތެރިންގެ ގޮތުގައި މިއަދު އޫރީދޫ ޕްރެމިއާ ލީގުގައި މާޒިޔާއާ ދެކޮޅަށް ކުޅޭ ނިއު ކުޅޭ މެޗުގައި ބެންޗުގައި ތިބޭނީ ސަމްޕަތާއި ފަރީދެވެ.

މީގެ ތެރެއިން ސަމްޕަތަކީ ނިއުގެ ކުރީގެ ކެޕްޓަނެވެ. ގިނަ ދުވަސްތަކެއް ވަންދެން ނިއު އަށް ކުޅޭ އޭނާ ވަނީ އެކުލަބުގައި ގިނަ ކާމިޔާބީތަކެއް ވެސް ހޯދައިފަ އެވެ. އޭނާ ފުޓްބޯޅަ ކުޅުން ހުއްޓާލީ 2012 ވަނަ އަހަރު ވެލެންސިއާއިންނެވެ.