ހަބަރު

ފަތުރުވެރިއަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް ބަލަނީ

އއ. ތޮއްޑޫގައި ޗުއްޓި ހޭދަކުރަން ދިޔަ ފަތުރުވެރިޔަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ ތޮއްޑޫގައި ފަތުރުވެރިޔަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް އިއްޔެ ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.

މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ދީފައި ނުވާއިރު މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ވެސް ނުވެ އެވެ.

އެނގިފައިވާ ގޮތުގައި ޖިންސީ ފުރައްސާރަ ކޮށްފައިވަނީ ތޮއްޑޫގައި ޗުއްޓީ ހޭދަކުރަމުންދިޔަ ސްލޮވީނިއާ އަންހެނަކަށެވެ.