މަރު

ޑރ. އިބްރާހިމް އުމަރު މަނިކު އަވަހާރަވެއްޖެ

Nov 26, 2020
1

ޑރ. އިބްރާހިމް އުމަރު މަނިކު އަވަހާރަ ވެއްޖެ އެވެ. އިބްރާހިމް އުމަރު މަނިކަކީ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ގެ ކޮއްކޯފުޅު އަދި ޔުނިވާސަލްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

ސިންގަޕޫރުގައި މަނިކު ރޭ ފަތިހު އަވަހާރަވީ ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ ހޭނައްތާ ޑޮކްޓަރު އަދި ރާއްޖެއަށް ކޮކާކޯލާ ޕްރޮޑަކްޓް ގެނެސް ދެއްވި ބާނީ، އަދި މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ 1985 އުފައްދައި ކޮކާކޯލާގެ ޕްރޮޑަކްޓްތައް ރާއްޖޭގައި ތައްޔާރުކުރަން ފެށި އެ ކުންފުނިންނެވެ.

އަވަހާރަވިއިރު އުމުރުފުޅަކީ 68 އަހަރެވެ. ޑރ. މަނިކު އަވަހާރަވިއިރު ދުނިޔޭގައި އަނބިކަނބަލަކާއި ދެ ބޭފުޅުން އެބަތިއްބެވި އެވެ.