މާލެ އަތޮޅު ރަށްފަޅު ހުރާގައި ބިދޭސީންތަކެއް ހަމަނުޖެހުން ހިންގައިފި އެވެ.
ފުލުހުން ބުނީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ރަށްފަޅު ހުރާ ހަތަރެއްގައި މަސައްކަތް ކުރާ ބިދޭސީންތަކެއްގެ މެދުގައި ހަމަނުޖެހުން ހިންގާފައިވާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެ ރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މީގެ އިތުރު ތަފްސީލެއް ފުލުހުން މިހާތަނަށް ހާމަކޮށްފައިނުވާއިރު އެނގިފައިވާ ގޮތުގައި މި ރަށިގައި ހަމަނުޖެހުން ހިންގާފައިވަނީ ލަންކާގެ މަސައްކަތްތެރިން ތަކަކާއި ބަންގްލަދޭޝްގެ މަސައްކަތްތެރިން ތަކެއްގެ މެދުގަ އެވެ.
މީޣެ ކުރިންވެސް މުސާރަ ނުދިން މައްސަލާގައި ބ. ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސީންތަކެއް ވަނީ ހަމަނުޖެހުން ހިންގައި އެ ހަމަނުޖެހުން ހުއްޓުވަން ދިޔަ ފުލުހުންނަށްވެސް ހަމަލާދީފަ އެވެ.