ހަބަރު

ސައިކަލް އެކްސިޑެންޓެއްގައި އަންހެނަކު މަރުވެއްޖެ

މާލޭގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އަންހެނަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ބާރު ސްޕީޑުގައި އަމީނީ މަގުން ދަރުމަވަންތަ ހޮސްޕިޓަލާ ދިމާ ބޮޑުތަކުރުފާނު މަގުން ދުއްވާފައި އައި ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ޓްރެކް މައްޗަށް އަރައި އެކްސިޑެންޓްވެފައިވާ ކަމަށެވެ.

އެކްސިޑެންޓް ހިނގި އިރު ފަހަތުގައި އިން 24 އަހަރުގެ އަންހެން މީހާ ފަރުވާ ދެމުންދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައި މަރުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެކްސިޑެންޓްވި ސައިކަލް ދުއްވަން އިނީ ލައިސެންސް ނެތް 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ބުންޏެވެ.

މި މައްސަލަ އާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާއިރު ފުލުހުން ދަނީ މި މައްސަލަ ތަހްގީގު ކުރަމުންނެވެ.